ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)95-A/1/2014/26
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 14:56
ސުންގަޑި: 12 ނޮވެންބަރު 2014 14:00
ދިވެހިރާއްޖޭގެ ހައިކޯޓް
ދިވެހިރާއްޖެ
އެސިސްޓެންޓް ލީގަލް އޮފިސަރ

ތިރީގައިވާ މަޤާމަށް މީހުން ބޭނުންވެއްޖެ

މަޤާމު:     

އެސިސްޓެންޓް ލީގަލް އޮފިސަރ

ސެކްޝަން:

ޝަރުޢީ ސެކްޝަން

ބޭނުންވާ އަދަދު:

2 (ދޭއް)

ރޭންކް:                

MS 2

މަޤާމުގެ ޝަރުޠު:

ޝަރީޢަތާއި ޤާނޫނު ނުވަތަ ޤާނޫނުގެ ދާއިރާއިން ޑިގްރީއެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މައިގަނޑު        

މަސްއޫލިއްޔަތު:

  1. މައްސަލަތަކަށް ބޭނުންވާ ލިޔުންތައް ކަމާބެހޭ ފަރާތްތަކުން ހޯދައިގެން ފުރިހަމަކުރުން.   
  2. އިނގިރޭސި ބަހުން ހެދިފައިހުންނަ ޓެކްނިކަލް އަދި ކޮމްޕްލެކްސް ޑޮކިއުމަންޓްތައް ކޯޓުގެ ބޭނުންތަކަށް ތަރުޖަމާކުރުން.
  3. އަލަށް ހެދޭ ޤާނޫނުތަކާއި ޑްރާފްޓް ބިލްތަކުގައި ހުރެދާނެ ލީގަލް މައްސަލަތައް ފާހަގަކޮށް، އެފަދަ މައްސަލައެއް ހައިކޯޓަށް ހުށަހެޅޭ ހިނދު ޢަމަލުކުރާނެ ގޮތްތަކާބެހޭ ދިރާސާތައްކުރުން.
  4. މަދަނީ މައްސަލަތަކުގައި ނަގައިދެވޭ ބަދަލު ކަނޑައެޅުމަށް ބޭނުންވާ ދިރާސާތައްކުރުން.
  5. ޤަޟިއްޔާތަކަށާއި އެކިއެކި މައްސަލަތަކަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދުތައް ހޯދުން.
  6. މައްސަލަތައް ދިރާސާކުރުމާއި، ޤާނޫނުތައް ދިރާސާކުރުން.
  7. ޙުކުމްތަކާއި ކޯޓް އަމުރުތައް ތައްޔާރުކުރުމުގެ އިންތިޒާމް ހަމަޖެއްސުން.
  8. ޕްރިޓްރަޔަލް ކަންކަމުގައި ފަނޑިޔާރުގެ ސެކްޝަނުން ކުރަންޖެހޭ ކަންތައްތަކުގެ އިންތިޒާމް ހަމަޖެއްސުން.
  9. މައްސަލަތައް ނިމުނުގޮތުގެ ރިޕޯޓް އެކުލަވައިލުމުގެ އިންތިޒާމް ހަމަޖެއްސުން.

މުސާރަ:

-/9412 ރުފިޔާ (ނުވަހާސް ހަތަރުސަތޭކަ ބާރަ ރުފިޔާ)

އެލަވަންސްތަކާއި ޢިނާޔަތްތައް:

ސަރވިސް އެލަވަންސްގެގޮތުގައި މަހަކު -/ 3000 ރުފިޔާ (ތިންހާސް ރުފިޔާ ) އާއި، ހަމަޖެހިފައިވާ އުސޫލުން ޖުޑީޝަލް އެލަވަންސްގެގޮތުގައި މުސާރައިގެ %60 އާއި، އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ، ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި:
  1. ވަޒީފާއަށް އެދޭ ފޯމް.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  3. ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ (އެކްރެޑިޓް ކުރެވިފައިވާ) ފޮޓޯކޮޕީ (އެޓެސްޓްކޮށް، ތައްގަނޑުޖަހާފައިވާ ކޮޕީ)
  4. ވަޒީފާއެއް އަދާކޮށްފައިވާނަމަ ވަޒީފާ އަދާކުރިކަމުގެ ލިޔުން.
  5. ސްކޫލް ލީވިންގ ސެޓްފިކެޓުގެ ފޮޓޯ ކޮޕީ (ސްކޫލް ނިންމުމަށްފަހު ވަޒީފާއާ ގުޅޭ މީހުންނާއި، GS3 ރޭންކުން ފެށިގެން ދަށުގެ ވަޒީފާތަކަށް ކުރިމަތިލާ މީހުން)
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)
  7. ވަޒީފާ އަދާކުރާނަމަ، ވަޒީފާގައި އުޅޭ ނުވަތަ އުޅުނުކަމުގެ ލިއުން (ވަޒީފާގެ ކްލެސިފިކޭޝަނާއި، މުސާރައާއި، ރޭންކް އެނގޭގޮތަށް)
  8. ބޮންޑެއް އޮތް ފަރާތެއްކަމުގައިވާނަމަ، ވަޒީފާ އަދާކުރާ އޮފީހަކުން ވަޒީފާއިން ދޫކުރައްވާނެކަމުގެ ލިޔުން.

- ކޯސް ނިމި ސެޓްފިކެޓް ލިބިފައިނުވާނަމަ، ޝަރުޠުގައި ބަޔާންކުރާ ކޯސް ނިންމާފައިވާކަމަށް ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކުރައްވާފައިވާ ލިޔުމާއި، ޓްރާންސް ކްރިޕްޓާއި، އެ ކޯހަކީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލްކުރައްވާ ކޯހެއްކަމާއި، އެ ކޯހުގެ ސެޓްފިކެޓް ލިބުމުން އެފަރާތެއްގެ ސެޓްފިކެޓް ކޯހަށް ކަނޑައެޅިފައިވާ ލެވެލުގައި އެކްރެޑިޓްކޮށްދެވޭނެކަން އެނގޭފަދަ، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިއުމަކާއެކު ހުށަހެޅުން.

ސުންގަޑި:

12 ނޮވެންބަރު 2014 ގެ 14:00

އިތުރު މަޢުލޫމާތު: ވަޒީފާއަށް އެދި ފުރިހަމަކުރަންޖެހޭ ފޯމް، ހައިކޯޓުގެ ކައުންޓަރުން ލިބޭނެއެވެ. އަދި ހައިކޯޓުގެ ވެބްސައިޓުން  (www. highcourt.gov.mv) ޑައުންލޯޑް ކުރެވޭނެއެވެ. އިތުރު މައުލޫމާތު ހޯދުމަށް 3325029 ނަންބަރު ފޯނަށް ގުޅުން އެދެމެވެ.
ނޯޓު: މަތީގައިވާ މަޤާމުގެ އިންޓަރވިއުއަށް ދަޢުވަތުދެވޭނީ ހަމައެކަނި ޝޯޓްލިސްޓ ކުރެވޭ ފަރާތްތަކަށެވެ.

4 މުޙައްރަމް 1436

 

28 އޮކްޓޫބަރު 2014