މަސައްކަތް
ނަންބަރު: (IUL)319/319/2022/35
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:11
ސުންގަޑި: 11 އޮކްޓޫބަރު 2022 11:00
މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ.މާޅޮހު ކުޑަކުދިންގެ ޕާރކުގެ ވަށާފާރު ރޭނުން

އިޢުލާން

ބ.މާޅޮހު ކުޑަކުދިންގެ ޕާރކުގެ ވަށާފާރުރޭނުން

         މި އިޢުލާނާއި އެކު ހިމަނާފައިވާ މަޢުލޫމާތު ކަރުދާހާއި އެއްގޮތައް، ބ.މާޅޮހު ކުޑަކުދިންގެ ޕާކްގެ ވަށާފާރު ރޭނުމުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

         އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 2022 އޮކްޓޯބަރ 11 ވާ އަންގާރަ ދުވަހު 11:00 ގައި މާޅޮސްމަޑުލު ދެކުނުބުރީ މާޅޮހު ކައުންސިލް އިދާރާގެ ޖަލްސާކުރާ ހޯލްގައެވެ.  ބީލަން ހުށަހަޅަން ވެރިފަރާތްނޫން އެހެންފަރާތަކުން ހާޒިރުވާނަމަ އިއުތިރާޒެއް ނެތް ކަމުގެ ލިޔުމާއި ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑް ހުށަހަޅަންވާނެއެވެ. އަދި ގަޑިޖެހިގެން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.            

 

މަސައްކަތުގެ މަޢުލޫމާތު

       މި މަސައްކަތާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާ ފަރާތްތަކުން 2022 އޮކްޓޯބަރ 09 ވާ އާދިއްތަ ދުވަހު 10:00 ށް ކައުންސިލް އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުއްވުން އެދެމެވެ. މަޢުލޫމާތު ސާފު ނުކުރައްވާ ބޭފުޅުންގެ އަންދާސީ ހިސާބުވެސް ބަލައިގަނެވޭނެ ވާހަކަ ދައްނަވަމެވެ.

ބިޑް ރަޖިސްޓްރީކުރުން

         މި މަސައްކަތް ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022  އޮކްޓޯބަރ 09 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުމަށް މި އިދާރާ އަށް ވަޑައިގެން، މި އިދާރާގެ ނަންބަރު 6600056 ގުޅުއްވައިގެން ނުވަތަ މި އިދާރާގެ މެއިލް އެޑްރެސް [email protected] އީމެއިލްއަށް ބިޑުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުގެ ތަފްސީލު (ނަމާއި އެޑްރެސް/ ފޯން ނަންބަރު / އީމެއިލް އެޑްރެސް /  އައިޑީ ކާޑު ނަންބަރު،ވިޔަފާރި/ ޖަމިއްޔާގެ ރަޖިސްޓްރީ ކޮޕީ) އިޢުލާން ނަންބަރާއި އެކު މެއިލްކޮށް ދިނުން އެދެމެވެ.   

  މި މުއްދަތުގައި ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.

މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވުމުގައި ޕޮއިންޓް ދޭނެ އުސޫލު

-          މަސައްކަތަށް ހުށަހަޅާ އަގު:   %90

-          މަސައްކަތައް ހުށަހަޅާ މުއްދަތު:   

އިތުރު މަޢުލޫމާތު

         މިކަމާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް މި އިދާރާގެ ނަންބަރު  6600056 / 7612867 އަށް ގުޅުއްވުމަށް ދަންނަވަމެވެ.އަދި މިއިދާރާގެ އީމެއިލް: [email protected] އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

         ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 އޮކްޓޫބަރު 2022