ގަންނަން ބޭނުންވާ ތަކެތި
ނަންބަރު: (IUL)431-AHP/1/2022/22
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:03
ސުންގަޑި: 13 އޮކްޓޫބަރު 2022 13:30
މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ
ދިވެހިރާއްޖެ
ބީލަން ހުށަހެޅުމުގެ ދަޢުވަތު

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މިއޮތޯރިޓީ އަށް 4 ސީ.ޕީ.ޔު އަދި 2 މޮނީޓަރ ގަތުމަށް ކުރެވުނު ނަންބަރު (IUL)431-AHP/1/2022/18              (6 ސެޕްޓެމްބަރ 2022) އިޢުލާނާއި ގުޅިގެން ހުށަހަޅާފައިވާ އަންދާސީ ހިސާބުތަކުގައި މޮނީޓަރގެ މިނިމަމް ޓެކްނިކަލް ސްޕެސިފިކޭޝަން ހަމަނުވާތީ އާއި މަޢުލޫމާތު ކަރުދާހަށް ބަދަލު ގެނެވުމަށް ހަމަޖެހިފައިވާތީ، އެ އިޢުލާން ބާޠިލްކޮށް މި އޮތޯރިޓީ އަށް 4 ސީ.ޕީ.ޔޫ ގަތުމަށް އިޢުލާންކުރަމެވެ.
  2. ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބީލަން ފޯމް ފުރިހަމަކުރެއްވުމަށްފަހު 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 13:30 ގެ ކުރިން  [email protected] އަށް އީމެއިލްކޮށް ބީލަން ރަޖިސްޓަރ ކުރަންވާނެއެވެ. ބީލަމުގައި ބައިވެރިވެވޭނީ ރަޖިސްޓްރީ ކުރާފަރާތްތަކަށް އެކަންނެވެ. ރަޖިސްޓްރީ ފޯމް މި އިޢުލާނާއި އެކު އެޓޭޗްކުރެވިފައި ވާނެއެވެ.

 

  1. ބީލަން ހުޅުވުމަށް ހަމަޖެހިފައިވަނީ 16 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 09:30 ގައި މޯލްޑިވްސް ލޭންޑް އެންޑް ސަރވޭ އޮތޯރިޓީ ދެވަނަ ފަންގިފިލާ މީޓިންރޫމުގައި މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބީލަމުގެ މުއްދަތުގެ ގޮތުގައި ބީލަން ހުށަހަޅާ ތާރީޚުން ފެށިގެން 90 ދުވަސް އޮންނަންވާނެއެވެ.

 

  1. މި އިޢުލާންއާއި ގުޅޭ މަޢުލޫމާތު ކަރުދާސް އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ. އަދި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެ ވަޑައިގަންނަވާނަމަ 13އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 13:30 ގެ ކުރިން [email protected]  އަށް އީމެއިލް ކޮށްދެއްވުން އެދެމެވެ.

 

 

04 އޮކްޓޫބަރު 2022