ދިވެހިރާއްޖެ
ތ. ގާދިފުށީ ޞިއްޙީމަރުކަޒުގެ ޢިމާރާތުގެ ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ
ތ. ގާދިފުށީ ޞިއްހީމަރުކަޒުގެ ކުރަންޖެހޭ މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު: IUL)TAH-A/INDIV/2014/18) އިޢުލާން ބާޠިލުކޮށް އެމަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާން ކުރަމެވެ. ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައި ދެންނެވިފައިވާ ގޮތަށް މަޢުލޫމާތު ސާފުކުރުމާއި ބީލަން ހުށަހެޅުމުގެ ކަންތައް ކުރިއަށް ގެންދެވުން އެދެމެވެ.
މަޢުލޫމާތު ދިނުން |
ބީލަން ހުށަހެޅުން/ބީލަން ހުޅުވުން |
ތަން |
06 ނޮވެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި |
12 ނޮވެންބަރު 2014ވާ ބުދަ ދުވަހުގެ 13:00 ގައި |
ތ. އަތޮޅު ހޮސްޕިޓަލް މިނިސްޓްރީ އޮފް ހެލްތު |
މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ. އަދި މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިގަންނަވާއިރު ކާކުކަން އަންގައިދޭ ލިޔުމެއް، ކުންފުނީގެ ފަރާތުންނަމަ ކުންފުނީގެ ރަޖިސްޓަރީގެ ކޮޕީއެއް އަދި ބަދަލުގައި މީހަކު ފޮނުވާނަމަ އެ ފަރާތުގެ ލިޔުމެއް އޮންނަންވާނެއެވެ.
06 މުޙައްރަމް 1436