ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)120-B/1/2022/70
ޕަބްލިޝްކުރި ތާރީޚް: 04 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:50
ސުންގަޑި: 12 އޮކްޓޫބަރު 2022 14:00
ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
2022 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

އިޢުލާން

 

 2022 ވަނަ އަހަރުގެ މަތީ ސާނަވީ (އެޗް.އެސް.ސީ) އިމްތިހާނުގެ ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ މީހުން ހޯދުން

 

2022 ވަނަ އަހަރުގެ މަތީ ސާނަވީ އިމްތިހާނުގެ މާކިންގ ހޯލުގައި ކްލެރިކަލް މުވައްޒަފުންގެ ގޮތުގައި އިދާރީ މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުމަށް ބޭނުންވެއެވެ. ވީމާ، މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހެޅުމަށް އާންމުކޮށް އިޢުލާންކުރީމެވެ.

ބޭނުންވާ އަދަދު:

މަޤާމް

ދިވެހި

އިސްލާމް

ކްލެރިކަލް އެގްޒޭމިނަރ

05

05

 

މަސައްކަތް ކުރިއަށް ދާނެ ތާރީޚްތަކާއި ގަޑިތައް:

  1. މާކިންގ ވާރކްޝޮޕް:

 06 އިން 10 ނޮވެންބަރ 2022 އަށް (14:00 އިން 18:00 އަށް)

  2. މާކިންގ:

 13 ނޮވެންބަރު 2022 އިން 30 ނޮވެންބަރު 2022 އަށް (14:00 އިން 18:00 އަށް)

އުޖޫރަ:

  1. މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑިއިރަކަށް -/60ރ (ފަސްދޮޅަސް ރުފިޔާ) އެވެ.
  2. ޑީ.ޕީ.އީގައި މާކިން  މަސައްކަތް ވޭތުވެދިޔަ 5 އަހަރުގެ ތެރެއިން 3 އަހަރު ކޮށްފައިވާނަމަ، ކޮންޓިނިއުޓީ އެލަވަންސްގެ ގޮތުގައި -/1,000ރ (އެއްހާސް ރުފިޔާ) އެވެ.    

ޝަރުޠު:

ކްލެރިކަލް އެގްޒޭމިނަރ ކަމަށް އެދޭ މީހުންގެ ޝަރުޠު:

  1. ސާނަވީ ތަޢުލީމު ފުރިހަމަކޮށްފައިވުން ނުވަތަ ކުރިން މިމަސައްކަތުގައި އުޅެފައިވުން.
  2.  މި މަސައްކަތަށް މީހުން ނެގުމުގައި 40 އަހަރުން ދަށުގެ މީހުންނަށް އިސްކަން ދެވޭނެ އެވެ.

މަސްޢޫލިއްޔަތު:

  1. މާކަރުންނާއި އެގްޒޭމިނަރުންގެ ޙާޟިރީ ބެލެހެއްޓުން. 
  2. ވާރކްޝޮޕްގައި މާކަރުންނަށް ކަރުދާސް ބެހުމާއި މާކުކޮށް ނިމުމުން ކަރުދާސްތައް ނެގުން.
  3. ޕޭޕަރތައް ރައްކާތެރިކަމާއެކު ގެންގުޅުން.
  4. މާކިންގ ފެށުމުން އެފަރާތަކާ ޙަވާލުކުރެވިފައިވާ ގްރޫޕެއް ބެލެހެއްޓުން. އެގޮތުން

ހ. ގްރޫޕްގައި ތިބޭ މާކަރުންނަށް ކަރުދާސް ޙަވާލުކުރުން އަދި ނިމުމުން އަނބުރާ އެކަރުދާސްތައް ބަލައިގަތުން.

ށ. ޗެކްކޮށް ނިމޭ ކަރުދާސްތައް އެ ގްރޫޕެއްގެ އެގްޒޭމިނަރުންނާ ޙަވާލުކުރުން.

ނ. އެގްޒޭމިނަރުންގެ މަސައްކަތް އެއްކޮށް ނިމުމުން އެކަރުދާސްތައް، މާކުސް އެންޓަރކުރާ މޭޒަށް ޙަވާލުކުރުން.

ރ. ތަކެތި ހަމަކޮށް ގަޑިއަށް މާކިންގ ފެށޭވަރަށް ހޯލް ތައްޔާރުކުރުން.

ބ. އެ ގްރޫޕެއްގައި ހިމެނޭ މާކަރުންގެ ގަލަން، ފަންސޫރު، ރަބަރު، ކަލްކިއުލޭޓަރ ފަދަ ތަކެތި ހަމަކޮށް ބެލެހެއްޓުން.

  1. މީގެ އިތުރުން މާކިންގ މަސައްކަތާއި ގުޅިގެން އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންކަމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުން.

މީހުން ހޮވުމުގައި ކަނޑައަޅާ ކްރައިޓީރިއާ:

  1. ތަޢުލީމީ ފެންވަރު   % 70 
  2. މަސައްކަތު ތަޖުރިބާ % 20 
  3. އިންޓަވިއު      % 10

އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް:

  1. ކްލެރިކަލް އެގްޒޭމިނަރުން ކަނޑައަޅާނީ ކްލެރިކަލް މަސައްކަތަށް އެދޭ ފޯމުން އެންމެމަތިން ޕޮއިންޓް ލިބޭފަރާތްތަކުގެ ތެރެއިން އެ އަހަރަކަށް ކަނޑައަޅާފައިވާ އަދަދަށް.

 

ހުށަހަޅަންޖެހޭ ތަކެތި:

  1. ކްލެރިކަލް މަސައްކަތަށް އެދޭ ފޯމު
  2. ލިބިފައިވާ އެންމެމަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  3. ލިބިފައިވާ ތަމްރީނާއި ތަޖުރިބާ ދެނެގަތުމަށް ބޭނުންވާ ލިޔުކިއުންތައް
  4. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ 
  5. ވަޒީފާ އަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

ސުންގަޑި:

 2022 އޮކްޓޫބަރު 12 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން

އެދެންވީ ގޮތް:

  • ޝައުޤުވެރިވާ ފަރާތްތަކުން މިކަމަށް ޚާއްޞަ ކުރެވިފައިވާ "މާކަކުރުމުގެ މަސައްކަތަށް އެދޭ ފޯމު" ފުރިހަމަ ކުރެއްވުމަށް ފަހު، ހުށައަޅަންޖެހޭ ޑޮކިއުމަންޓްތަކާއެކު ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން (ހ. އަސްރަފީވިލާ، 2 ވަނަ ފަންގެފިލާ، މަޖީދީމަގު) ނުވަތަ އީ މެއިލް މެދުވެރިކޮށް [email protected] އަށެވެ.
  • މާކުރުމުގެ މަސައްކަތަށް އެދޭ ފޯމު މި ޑިޕާޓްމަންޓް ގެ ކައުންޓަރުންނާއި ވެބްސައިޓުން www.dpe.edu.mv ލިބެން ހުންނާނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް 4003999 ނުވަތަ 7957373 ގުޅުއްވުން އެދެމެވެ.
04 އޮކްޓޫބަރު 2022