ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)373-MS/INDIV/2022/32
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 08:59
ސުންގަޑި: 02 ނޮވެންބަރު 2022 13:30
ނިލަންދެއަތޮޅު އުތުރުބުރީ ދަރަނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން

ދިދައާއި ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުން

މިކައުންސިލްގެ ދިދައާއި، ލޯގޯ ފަރުމާކޮށްދޭނެ ފަރާތެއް ހޯދުމަށް ޢާންމުކޮށް ހުޅުވާލަމެވެ. ހުށަހަޅާ ދިދައާއި، ލޯގޯގެ ތެރެއިން މިކައުންސިލްގައި ބޭނުން ކުރުމަށް ހޮވޭ ދިދައާއި ލޯގޯ ހުށަހެޅި ފަރާތަކަށް 5,000.00( ފަސްހާސް ) ރުފިޔާ ގެ ފައިސާގެ އިނާމެއް ދެވޭނެއެވެ.

ދިދައާއި ލޯގޯ ފަރުމާކުރުމުގައި ސަމާލުކަންދޭންޖެހޭ ކަންތައްތައް:

  1. އެއްވެސް މުއައްސަސާއަކުން ބޭނުން ކުރަމުންދާ ދިދައާއި ލޯގޯގެ ކޮޕީއަކަށް ނުވުން
  2. އެއްވެސް ސިޔާސީ ޕާޓީއެއް ރަމްޒުކޮށްދޭ އެއްޗަކަށް ނުވުން.
  3. ރަށުގެ ޤަދީމީ ތާރީޚް ނުވަތަ ރަށަށް ނިސްބަތްވާ ޚާއްޞަ ސިފަތަކެއް ރަމްޒުކޮށްދޭ އެއްޗަކަށްވުން
  4. ޑަސްޓީ ގޯލްޑް، ރަތް، ހުދު، ފެހި މި 04 ކުލަ ބޭނުން ކޮށްގެން ފަރުމާކޮށްފައިވާ ދިދައާއި ލޯގޯއަކަށްވުން
  5. 2cm x 2cm އަށް ކުޑަކުރުމުން ލޯގޯގެ އަސްލު ނުގެއްލުން
  6. މެޓަލްގައި ފަސޭހައިން ތައްޔާރުކުރެވޭ އަދި ލަކުޑިއަށް ފަސޭހައިން ބޭނުން ކުރެވޭ ލޯގޯއަކަށް ވާންވާނެއެވެ.
  7. ހުށަހަޅާ ލޯގޯގެ ކުލަ އަދި ބުލެކް އެންޑް ވައިޓް ހާޑުކޮޕީއާއި ސޮޕްޓްކޮޕީ ( ސޮފްޓްކޮޕީގެ ގޮތުގައި އޭގެ އޮރިޖިނަލް އަދި ވެކްޓަރ ފައިލްސް ) ހުށަހަޅަންވާނެއެވެ.
  8. ދިދައާއި، ލޯގޯ ރަމްޒުކޮށްދެނީ ކޮންކަންތައްތަކެއްކަން ލިޔުމުން ހުށަހެޅުން
  9. ކުރިމަތިލާ ކޮންމެ ފަރާތަކުންވެސް ދިދައާއި ލޯގޯ ހުށަހަޅަންވާނެއެވެ.

މިކައުންސިލްގެ ދިދައާއި ލޯގޯ ފަރުމާ ކުރުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 ނޮވެންބަރު 02 ވާ ބުދަ ދުވަހު މފ 13:30 ގެ ކުރިން ފަރުމާކޮށްފައިވާ ދިދައާއި، ލޯގޯ އަދި ފަރުމާކުރެއްވި ފަރާތުގެ ވަނަވަރު މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތުން ހުށަހަޅާ ސިޓީއުރައިގެ ބޭރުގައި " ފ. ދަރަނބޫދޫ ކައުންސިލްގެ ދިދައާއި ލޯގޯ ފަރުމާކުރުން " ޖައްސަވަންވާނެއެވެ. އަދި އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވާ ފަރާތްތަކުން [email protected] އަށް މެއިލްކޮށްދެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއިދާރާގެ 6740015 ފޯނާއި ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

ވީމާ، މިކަންޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 އޮކްޓޫބަރު 2022