ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)336/336/2022/74
ޕަބްލިޝްކުރި ތާރީޚް: 03 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 20:48
މާލެއަތޮޅު ގުޅީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ބިނާވެށި ޕްލޭން އެކުލަވާލުމަށް ހިޔާލު ހޯދުމާއި ގުޅޭ
ރަށުގެ ލޭންޑް ޔޫސް ޕްލޭން (ބިނާވެށި ޕްލޭން) އެކުލަވާލުމަށް، ޢާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި ބާއްވާ ބައްދަލުވުން 2022 އޮކްޓޫބަރ 7 ވާ ހުކުރު ދުވަހުގެ ރޭ 20:30ގައި އ.ތ.މ ކޮމެޓީގެ އިދާރާ (ކުރީގެ ޕްރީސްކޫލް) ގެ ޢިމާރާތުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ވީމާ، މި ބައްދަލުވުމުގައި ރަށުގެ ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވެ ވަޑައިގެންދެއްވުން އެދެމެވެ.
މިހެންވެ މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.
7 ރަބީޢުލްއައްވަލް 1444
3 އޮކްޓޫބަރ 2022
03 އޮކްޓޫބަރު 2022