ދިވެހިރާއްޖެ
ނަންބަރު: 485/1/2022/74(IUL) ތާރީޚް: 03 އޮކްޓޯބަރ 2022
ބީލަން ހުށަހެޅުމުގެ މުއްދަތު އިތުރުކުރުން
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އައު ޢިމާރާތުގެ އިންޓީރިއާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ: ޓައިލްސް ޖެހުން،ކާޕެޓް އެޅުން އަދި ޕާކޭ ޖެހުމުގެ މަސައްކަތް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ ގެ އައު ޢިމާރާތުގެ އިންޓީރިއާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރ: 485/1/2022/72(IUL) (22 ސެޕްޓެމްބަރ 2022) އާއި ހަވާލާދީ ދަންނަވަމެވެ.
މި އިޢުލާންގެ ބީލަން ހުށަހެޅުމުގެ ތާރީޚްއަށް ތިރީގައި ބަޔާންކޮށްފައިވާ ގޮތަށް ބަދަލު ގެނެވިފައިވާކަން އާއްމުކޮށް އަންގާ އިޢުލާން ކުރަމެވެ.
މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 05 އޮކްޓޯބަރ 2022 ވާ ބުދަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ.