މަސައްކަތް
ނަންބަރު: 216-MPAO/I/2014/45
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 13 ނޮވެންބަރު 2014 16:00
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު

ވާރލްޑް ބޭންކުގެ އެހީގައި މިއޮފީހުން ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީ.އެމް.ޑީ.އޭ ) ގެ ބޭނުމަށް "ގޮއިންގ ޕަބްލިކް" ޕްރޮގްރާމް ޑިވެލޮޕްކޮށް ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ޕްރޮގްރާމުގެ މަޤްޞަދަކީ ކެޕިޓަލް މާރކެޓް މެދުވެރިކޮށް ރައުސްމާލު ހޯދަން ބޭނުންވާ ފަރާތްތަކަށް ދިމާވާ ގޮންޖެހުންތަކަކީ ކޮބައިކަން ދެނެގަނެގަތުމާއި، ކެޕިޓަލް މާރކެޓް މެދުވެރިކޮށް ރައުސްމާލު ހޯދާނެ ގޮތުގެ މަޢުލޫމާތު ޓާރގެޓް އޯޑިއަންސްއަކަށް ފޯރުކޮށްދިނުމެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މިމަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި މަސައްކަތުގެ ޓާރމްސް އޮފް ރެފަރެންސްގައި ބަޔާން ކުރެވިފައިވާނެއެވެ. މި ޓަރމްސް އޮފް ރެފަރެންސް މިއޮފީހުގެ ވެބްސައިޓު www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

މި މަސައްކަތަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާއިރު ތިރީގައިމިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.

  • ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓްކުރެވިފައިވާ ކޮޕީ.
  • މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު.
  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
  • ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް.

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެލައްވާާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން، ސިޓީއަކުން، އީމެއިލަކުން ނުވަތަ ފެކްސްއިން ތިރީގައިމިވާ އެޑްރެހަށް ޕްރޮޕޯޒަލް ހުށަހެޅުއްވުން އެދެމެވެ. އަދި، މިމަސައްކަތާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައިމިވާ އެޑްރެހާ ގުޅުއްވުން އެދެމެވެ.

މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް

ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް

އަމީނީ މަގު، 20379

މާލެ، ދިވެހިރާއްޖެ

ފޯނު ނަންބަރު: 3309908

ފެކްސް ނަންބަރު: 3307759

އީމެއިލް:[email protected]  [email protected],

29 އޮކްޓޫބަރު 2014