މަސައްކަތް
ނަންބަރު: (IUL)300-EC/300/2014/35
ޕަބްލިޝްކުރި ތާރީޚް: 29 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 14:13
ސުންގަޑި: 06 ނޮވެންބަރު 2014 14:00
މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް

ބީލަން ހުށަހެޅުމުގެ ދައުވަތު

ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ކުރި ނަންބަރު: 30/2014/300/IUL)300-EC)ފ(18 ސެޕްޓެންބަރު 2014) އިޢުލާނަށް އެއްފަރާތުން ޕްރޮޕޯޒަލް ހުށަހަޅުއްވާފައިވާތީ އަލުން އިޢުލާން ކުރަމެވެ.

1- މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ރައްވެހިގެ ކުރިމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމަށް ބޭނުންވެއެވެ. ވީމާ، މިމަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު ހުޅުވާލަމެވެ.

2- ބީލަން ފޮތް ބަންދު ނޫން ކޮންމެ ދުވަހަކު 8:30 އިން 14:30 އަށް މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާއިން ހިލޭ ލިބިވަޑައިގަންނަވާނެއެވެ.

3- މިމަޝްރޫޢުގެ ޕްރީ ބިޑް ބައްދަލުވުން އޮންނާނީ 06 ނޮވެންބަރު 2014ވާ ބުރާސްފަތި ދުވަހުގެ 14:00ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ.

4- ބިޑް ހުޅުވުން އޮންނާނީ 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 14:00 ގައި މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމު ކައުންސިލުގެ އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ތިރީގައިވާ މަޢުލޫމާތު ލިޔެފައި ހުންނަންވާނެއެވެ.

   ހ. "މާޅޮސްމަޑުލު އުތުރުބުރީ ރަސްގެތީމުގެ ރައްވެހިގެ ކުރިމަތީގައި އޮތް ހުސްބިމުގައި ވާރޭފެން ނަގާ ރައްކާކުރާނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް"

   ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު

   ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު

5- ބީލަމާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަ ނުވާނަމަ ބީލަން ޤަބޫލު ނުކުރެވޭނެއެވެ.

05 މުޙައްރަމް 1436

29 އޮކްޓޫބަރު 2014