ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)218/218/2022/8
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:42
މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ
ދިވެހިރާއްޖެ
ސަނަދުގެ ފެންވަރު ބެލުމަށްޓަކައި އޮންލައިންކޮށް ހުށަހެޅުން

މި އޮތޯރިޓީ ގެ ސަނަދުގެ ފެންވަރު ބެލުމުގެ (ކޮލިފިކޭޝަންސް ރިކޮގްނިޝަން) ޚިދުމަތް  ޢާންމުންނަށް ދިނުން ވީހާ ވެސް ލުއިފަސޭހަ ކުރުމުގެ ގޮތުން ސަނަދުގެ ފެންވަރު ބެލުމުގެ ތެރޭގައި ހިމެނޭ ތިރީގައި ބަޔާންކޮށްފައިވާ ޚިދުމަތްތަކަށް އެދި ހުށަހަޅާ އެޕްލިކޭޝަންތައް މި އޮތޯރިޓީގެ ކައުންޓަރަށް ހުށަހަޅުއްވައިގެންނާއި، މާލެ ފިޔަވައި އެހެން ރަށްތަކުގެ ކައުންސިލްތައް މެދުވެރިކޮށް ހުށަހަޅުމުގެ އިތުރަށް އެޕްލިކޭޝަންތައް އޮންލައިންކޮށް ހުށަހެޅުމުގެ ފުރުޞަތު 04 އޮކްޓޯބަރ 2022 (އަންގާރަ) ދުވަހުން ފެށިގެން ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ.

 

1. ސަނަދު ލިބުމުގެ ކުރިން ކިޔަވާފައިވާ ސަނަދު ޤަބޫލުކުރުމާ މެދު އެސެސްމެންޓް ރިޕޯޓް ހޯދުމަށް އެދި ދިވެހިން ހުށަހެޅުން.

 

2. ސަނަދު ޙާޞިލުކުރުމަށް ފަހު ސަނަދުގެ ފެންވަރު ބެލުމަށް (ވެލިޑޭޝަން) އެދި ދިވެހިން ހުށަހެޅުން.

 

3. އިތުރު ކޮޕީ އަށް އެދި ދިވެހިން ހުށަހެޅުން.

 

 

ސަނަދުގެ ފެންވަރު ބެލުމުގެ ފުރަތަމަ މަރުޙަލާގައި ހިމެނޭ ކިޔެވުން ފެށުމުގެ ކުރިން ކިޔަވާ ޕްރޮގްރާމަކީ ޤަބޫލުކުރާ ޕްރޮގްރާމެއްތޯ ބެލުމަށް ހުށަހަޅާ "އެޕްލިކޭޝަން ފޯރ ދަ ރިކޮގްނިޝަން އޮފް ދަ އިންޓެންޑެޑް ޕްރޮގްރާމް" އީ-މެއިލް މެދުވެރިކޮށް ހުށަހެޅޭނެ ގޮތް މިހާރުވެސް ވަނީ ހަމަޖެހިފައި ކަމަށް ދަންނަވަމެވެ.

 

މި ޚިދުމަތްތަކަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމާއި ލިޔުންތައް އީމެއިލުން ހުށަހަޅުއްވާ ނަމަ، (ޕީޑީއެޕް ފޯރމެޓްގައި 10 އެމް.ބީ އަށް ވުރެ ސައިޒް ބޮޑުނުވާ ގޮތަށް، އެއް ފައިލެއްގެ ގޮތުގައި) [email protected] އަށް ހުށަހެޅުއްވުން އެދެމެވެ. މިގޮތަށް އީމެއިލް މެދުވެރިކޮށް ހުށަހަޅުއްވިޔަސް، އެ ސަނަދެއް ގެ ފެންވަރު ބަލައި ނިންމޭނީ، ފޯމުގައި ހުށަހެޅުމަށް ބުނެފައިވާ ލިޔުންތައް ފުރިހަމަ އަށް ހުށަހަޅުއްވާފައިވާ ނަމައެވެ.

 

އަދި ދަންނަވަމެވެ. އީމެއިލް މެދުވެރިކޮށް ހުށަހެޅުއްވިޔަސް، ސަނަދު ގެ ފެންވަރު ބަލައި ވެލިޑޭޓްކޮށް ތައްގަޑު ޖަހާފައިވާ ކޮޕީ ދޫކުރުމަށް ހަމަޖެހިފައިވަނީ އެމް.ކިއު.އޭ ގެ ކައުންޓަރުންނެވެ. މިގޮތުން، ވެލިޑޭޓްކޮށް ތައްގަޑު ޖަހާފައިވާ ކޮޕީ ބަލައި އެމް.ކިއު.އޭ ގެ ކައުންޓަރަށް ވަޑައިގަންނަވާ އިރު، އެ ސަނަދެއް ގެ ސައްޙަކަން ޔަޤީންކުރުމަށްޓަކައި، އެ ސަނަދެއް ގެ އަޞްލު އެމް.ކިއު.އޭ ގެ ކައުންޓަރަށް ދައްކަންވާނެ އެވެ.

02 އޮކްޓޫބަރު 2022