ވަޒީފާގެ ފުރުޞަތު
ނަންބަރު: 144-A/2022/1154
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 15:00
ސުންގަޑި: 11 އޮކްޓޫބަރު 2022 13:45
ސިވިލް ކޯޓު
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާނު   

 

 މަޤާމު:

 އެޑްމިނިސްޓްރޭޓިވް އޮފިސަރ

 ބޭނުންވާ އަދަދު:

 02

 މަޤާމުގެ ގިންތި:

 ދާއިމީ

 މަޤާމުގެ ރޭންކު:

 ޖީ.އެސް 3

 މަޤާމުގެ ކްލެސިފިކޭޝަން:

 އޮފިސަރ ގްރޭޑް 1

 ވަޒީފާ އަދާކުރަން ޖެހޭ ތަން:

 ސިވިލް ކޯޓު

 މުސާރަ:

 4,465.00 (ހަތަރު ހާސް ހަތަރު ސަތޭކަ ފަސްދޮޅަސް ފަސް) ރުފިޔާ

 އެހެނިހެން އެލަވަންސް:

 ޖުޑީޝަލް އެލަވަންސް: މުސާރައިގެ %40

 ސަރވިސް އެލަވަންސް: 1,500.00 (އެއްހާސް ފައްސަތޭކަ) ރުފިޔާ

 ލިވިންގ އެލަވަންސް: 2,700.00 (ދެހާސް ހަތްސަތޭކަ) ރުފިޔާ

 ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ.

 ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާ

 މަޤާމުގެ މައިގަނޑު   މަސްއޫލިއްޔަތުތަކާއި   ވާޖިބުތައް:

  1. މައްސަލަތަކުގައި ދުވަހުން ދުވަހަށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުން.
  2. ކުރިއަށް ކިޔާ މައްސަލަތަކުގެ ޝެޑިއުލް ތައްޔާރުކުރުން.
  3. ސެކްޝަނަށް ލިބޭ އެންޓްރީއާ ޙަވާލުވެ ޤާޟީގެ ރިމާކްސް ހޯދުން.
  4. މައްސަލަތަކާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓަންޖެހޭ މީހުންގެ ޕާސްޕޯޓް ހިފެހެއްޓުމާއި މައްސަލަ ނިމުމުން ޕާސްޕޯޓް ދޫކުރުމާއި މިފަދަ ފަރާތްތަކުގެ އެކައުންޓް ފްރީޒް ކުރުމާއި، އަންފްރީޒް ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތް ކުރުން.
  5. މައްސަލައާ ގުޅުންހުރި އެންމެހާ ލިޔުންތައް ކަމާބެހޭ މައްސަލައިގެ ފައިލަށް ފައިލްކުރުން.
  6. މައްސަލަތަކުގައި އަންނަ މީހުންނަށް ޗިޓް ޙަވާލުކުރުމާއި، ރިޕޯޓް ސެކްޝަނާއި ޗިޓް ޙަވާލުކުރުން.
  7. ސެކްޝަނާއި ޙަވާލުކުރެވޭ އާ މައްސަލަތަކާއި ޙަވާލުވެ ފައިލް ހަދުން.
  8. ނިމޭ މައްސަލަތައް ސްކޭންކުރުން.
  9. ކޮންމެ މަހެއް ނިމުމުން މަސްދުވަހުގެ ރިޕޯޓާއި ތަފާސްހިސާބު ރިޕޯޓް ތައްޔާރުކުރުން.
  10. މައްސަލަތަކާ ގުޅިގެން ޗުއްޓީ ހޯދުމަށް އެދޭ ފަރާތްތަކަށް ޤާޟީއަށް ދަންނަވައިގެން ޗުއްޓީ ހަމަޖެއްސުން.
  11. މައްސަލަތަކުގެ ރިޕޯޓް ތައްޔާރު ކުރުމާއި އެހީވެދިނުން.
  12. ސެކްޝަންގެ ޤާޟީއަށް ކަނޑައެޅިފައިވާ ސިވިލް ކޯޓު ހުޅުމާލެ ޑިވިޜަންގެ ސެކްޝަންގެ ޤާޟީ ކަނޑައަޅުއްވާ މަސައްކަތްތައް ކުރުން

 މަޤާމުގެ ޝަރުޠުތައް:

  1. ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން ’ޑީ’ ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން 'ސެކަންޑަރީ ސްކޫލް' ނުވަތަ 'ހަޔަރ ސެކަންޑަރީ ސްކޫލް' ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން. ނުވަތަ،

 

  1. މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

 ތަޢުލީމީ ރޮނގު

 އެޑްމިނިސްޓްރޭޝަން / ޤާނޫނީ ދާއިރާ / އޮފީސް މެނޭޖްމަންޓް / އިންފޮމޭޝަން ޓެކްނޮލޮޖީ

 ގުޅޭ ވަޒީފާގެ ދާއިރާތައް

 ބިޒްނަސް އެޑްމިނިސްޓްރޭޝަން / ޕަބްލިކް އެޑްމިނިސްޓްރޭޝަން / މެނޭޖްމަންޓް ދާއިރާ / ޝަރީޢާ، ޤާނޫނީ ދާއިރާ /   އިންފޮމޭޝަން ޓެކްނޮލޮޖީ

އެހެނިހެން ޝަރުޠު

  1. ވަޒީފާއަށް އެދި ހުށަހަޅާއިރު، މީލާދީގޮތުން އުމުރުން 18 އަހަރު ފުރިފައިވާ މީހަކު ކަމުގައިވުން އަދި، ވަޒީފާއިން މުސްކުޅިކުރުމުގެ އިޚްތިޔާރު ލިބޭ އުމުރު ކަމަށްވާ 55 އަހަރަށްވުރެ ދޮށީ މީހަކު ކަމުގައި ނުވުން.
  2. ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ، ވަޒީފާއަދާކުރަން ޖެހޭ އިދާރާގެ މުވައްޒަފުންނާ ތިރީގައި ބަޔާންކޮށްފައި އެވާ ފަދަ ގުޅުމެއް އޮތް މީހަކު ކަމުގައި ނުވުން.

 2.1. މަންމަ (ދޮންމަންމަ ހިމެނޭގޮތަށް)

 2.2. ބައްޕަ (ދޮންބައްޕަ ހިމެނޭގޮތަށް)

 2.3. ކާފަ

 2.4. މާމަ

 2.5. އަނބިމީހާ

 2.6. ފިރިމީހާ

 2.7. މައިދައިތަ

 2.8. ބަފައިބެ

 2.9. ބޮޑުދައިތަ

 2.10.ބޮޑުބޭބެ

 2.11.އެއްބަނޑު މީހުން

 2.12.އެއްބަފާ މީހުން

 2.13.އެއްބަނޑު އެއްބަފާ މީހުން

 2.14.ދަރިން (ކާފަ ދަރިންނާއި މާމަދަރިން އަދި ދޮންދަރިންވެސް ހިމެނޭގޮތަށް)

 2.15.މަތީގައި ބަޔާންކޮށްފައި އެވާ 9 އިން 14 އަށް ހުރި ފަރާތްތަކުގެ ތެރެއިން ފަރާތަކާ ކައިވެނިކޮށްގެން އުޅޭ މީހުން

 ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ޝަރުޢީ ދާއިރާގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ވެބްސައިޓުން އަދި ކޯޓުގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  www.civilcourt.gov.mv
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

  (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން     ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު       ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ     އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

  (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛     ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

  1. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

  (ހ) ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ     ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ   ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ     އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު       މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ         މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

  (ނ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ       ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް     އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ     ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި             އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

  (ރ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ         އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި             މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)،       ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން       ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 6 ގައިވާ         "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

 ވަޒީފާއަށް އެންމެ ޤާބިލު   ފަރާތެއް ހޮވުމަށް ބެލޭނެ   ކަންތައްތައް:

 

 

މާރކްސް

 އަސާސީ ޝަރުޠު ހަމަވުން

30

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޢުލީމު

5

 އަސާސީ ޝަރުޠަށްވުރެ އިތުރަށް ލިބިފައިވާ ތަޖުރިބާ

5

 އިމްތިޙާނު ނުވަތަ ޕްރެކްޓިކަލް

25

 އިންޓަވިއު

35

 ޖުމްލަ

100

 މަޤާމަށް އެދެންވީގޮތާއި   ސުންގަޑި: 

 މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 އޮކްޓޯބަރ 2022 ގެ 13:45 ގެ ކުރިން، ސިވިލް ކޯޓަށެވެ. ވަޒީފާއަށް   އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected]މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

 އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ   ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 ޝޯޓްލިސްޓުކުރުން:

 

 މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ   ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

 އިންޓަރވިއު އޮންނާނެ   ތަނާއި، މުއްދަތު:

 މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، އިމްތިޙާނާއި އަދި ޕްރެޒެންޓޭޝަން އޮންނާނީ، 18 އޮކްޓޯބަރ 2022 އާއި   31 އޮކްޓޯބަރ 2022 އާ ދެމެދު، ސިވިލް ކޯޓު ގައެވެ.

 "ވަޒީފާއަށް ކުރިމަތިލީ   ފަރާތްތަކަށް ޕޮއިންޓު ލިބުނު   ގޮތުގެ ޝީޓް (A2 ޝީޓު)"   އާންމުކުރުން

 އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ   ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި ކޯޓުގައި އަދި މިކޯޓުގެ www.civilcourt.gov.mv ވެބްސައިޓްގައި   އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު   އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި ކޯޓަށް ހުށަހަޅަންވާނެއެވެ.

  • މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3002697/3002698 އަށެވެ. އީ-މެއިލް ކުރާނީ [email protected] / [email protected] އަށެވެ.
  • މި އިޢުލާނާއި ގުޅިގެން އީމެއިލް މެދުވެރިކޮށް ފޮނުވާ ފޯމުތައް ބަލައިގަނެވޭނީ އެއް ޑޮކިއުމަންޓެއްގެ ގޮތުގައި ޕީ.ޑީ.އެފް (pdf) ފޯމެޓްގައި ފޮނުވާ ފޯމުތައް އެކަނި ކަމުގައި ދެންނެވީމެވެ.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ލިޔުންތައްކަމަށް މިއިޢުލާނުގައި ބަޔާންކުރެވިފައިވާ ލިޔުންތައް ފުރިހަމައަށް ހުށަހަޅާފައިނުވާ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމްތައް ބާޠިލް ކުރެވޭނެ ވާހަކަ ދެންނެވީމެވެ.
  • އިންޓަރވިއުއަށް ޝޯޓްލިސްޓްކުރެވުނުކަން އަންގާނީ ހަމައެކަނި ޝޯޓްލިސްޓް ކުރެވުނު ފަރާތްތަކަށެވެ. އިންޓަރވިއުއަށް ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކުން އިންޓަރވިއުއަށް ވަޑައިގަންނަވާއިރު ހުށަހަޅާފައިވާ ސެޓްފިކެޓްތަކާއި ލިޔުންތަކުގެ އަސްލު ގެންނައުމަށް ދެންނެވީމެވެ.

 މި މަޤާމަށް ކުރިމަތިލާންވާނީ، ކުރިން މަސައްކަތްކޮށްފައިވާ އޮފީސްތަކުންނާއި، އަދި މިހާރުވެސް މަސައްކަތްކުރާ އޮފީހަކުން އެމީހެއްގެ މަސައްކަތާމެދު   ދެކޭގޮތް ބަޔާންކޮށްދޭ ރެފްރީޒް ރިޕޯޓު މި ކޯޓުން ހޯދުމާމެދު އިޢުތުރާޒް ނުކުރާނަމައެވެ.

06 ރަބީޢުލްއައްވަލް 1444                        

02 އޮކްޓޯބަރ 2022                        

02 އޮކްޓޫބަރު 2022