ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)426/426/2022/448
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 14:02
ސުންގަޑި: 13 އޮކްޓޫބަރު 2022 13:00
އައްޑޫ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިޢުލާން - ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން

އިޢުލާން

ކަށުކަމާކެމީގެ ޕޫލް އެކުލަވާލުން

ކަށުކަމާކެމީގެ  ކަންތައްތައް  ކުރިއަށް  ގެންދިއުމުގައި  ތައްޔާރު   ކުރެވިފައިވާ  "ކަށުކަމާކެމީގެ  ކަންތައްތަކުގައި ޢަމަލު ކުރުމުގެ އުޞޫލު" އާއި ގުޅިގެން އައްޑޫ ސިޓީ މަރަދޫ އަވަށުގައި ކަށުކަމާކެމީގެ ޕޫލެއް އެކުލަވާލުމަށްވަނީ ހަމަޖެހިފައެވެ. 

ވީމާ، ކަށުކަމާކެމީގެ ޕޫލުގައި ބައިވެރިވުމަށް އެދޭ ތިރީގައި މިދަންނަވާ ޝަރުޠު ހަމަވާ ފަރާތްތަކުން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި ، އައްޑޫ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ކަށުކަމާކެމީގެ ހުއްދައިގެ ކޮޕީ މިއޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

  • މުސްލިމަކު ކަމުގައިވުން
  • ބާލިޣުވުން
  • ބުއްދި ސަލާމަތުން ހުރުން
  • ކަށުކަމާކެމީގެ ކަންތައް ރަގަޅަށް ދަންނަ މީހަކު ކަމުގައިވުން
  • އައްޑޫސިޓީ ކައުންސިލުން ދީފައިވާ ކަށުކަމާކެމީގެ ހުއްދަ އޮންނަ މީހަކަށްވުން

06 ރަބީޢުލްއައްވަލު 1444 ހ

02 އޮކްޓޯބަރ 2022  މ

02 އޮކްޓޫބަރު 2022