ދިވެހިރާއްޖެ
މަޤާމު: |
ކައުންސިލް އޮފިސަރ |
މަޤާމުގެ ނަންބަރު: |
J-337298 |
ބޭނުންވާ އަދަދު: |
1 ( އެކެއް ) |
މަޤާމުގެ ގިންތި: |
ދާއިމީ |
މަޤާމުގެ ރޭންކު: |
އެމް . އެސް 1 |
މަޤާމުގެ ކްލެސިފިކޭޝަން: |
ސީނިއަރ އޮފިސަރ ގްރޭޑް 1 |
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ / ށ ފުނަދޫ |
މުސާރަ: |
5610.00 ރުފިޔާ |
ސަރވިސް އެލަވަންސް: |
2000.00 ރުފިޔާ |
އެހެނިހެން އެލަވަންސް: |
1 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް 2 ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން 3 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑިގެ ފައިސާ 4 ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިލިބިލައްވާ -/700ރުފިޔާ |
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1- ކަނޑައެޅޭ އުޞޫލެއްގެ މަތީން ރަސްމީ މަސައްކަތަށް އޮފީސްހުޅުވާ ބަންދުކުރުން 2- ޢަމަލުކުރަމުންދާ ތަރައްޤީގެ ޕްލޭން އަދި ފައިނޭންޝަލް ޕްލޭންގެ މުއްދަތު ހަމަވުމުގެ 4 މަސްދުވަސް ކުރިން ޤާނޫނޫގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން ކުރިއަށްއޮތް 5 އަހަރުދުވަހަށް ތައްޔާރުކުރާ އަތޮޅު ކައުންސިލްގެ ތަރައްޤީގެ ޕްލޭން ތައްޔާރުކޮށް ތާރީޚަށް ހުށައެޅުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން 3- އަތޮޅު ތަރައްޤީގެ ޕްލޭންގެ މުއްދަތު ދެބައިވުމުން ޕްލޭން ރިވައިސްކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެކަމާއިބެހޭ މަޢުލޫމާތު ކަމާއި ގުޅުންހުރި ފަރާތްތަކާއި ހިއްސާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން 4- ތަރައްޤީގެ ޕްލޭން، ފައިނޭންޝަލް ޕްލޭން އަދި މަސައްކަތު ތާވަލު އެކުލަވާލުމަށް ރަށުކައުންސިލްތަކަށް ފަންނީ ލަފާ ދިނުމާއި އެހީތެރިކަން ފޯރުކޮށްދިނުން 5- ތަރައްޤީގެ ޕްލޭންއަށް ރިޢާޔަތްކޮށް އަތޮޅު ކައުންސިލްގެ އަހަރީ މަސައްކަތު ތާވަލު ޑްރާފްޓްކޮށް ކައުންސިލަށް ހުށައެޅުން އަދި ފާސްކުރެވޭ މަސައްކަތު ތާވަލު ކަމާއިގުޅުން ހުރި ޔުނިޓްތަކަށް މަޢުލޫމާތު ހިއްސާކުރުމާއިއެކު ޤާނޫނުގައި ކަނޑައެޅިފައިވާ ތާރީޚަށް މަސައްކަތު ތާވަލު ފޮނުވުން 6- ތަރައްޤީގެ ޕްލޭންއަށް އަމަލީ ސިފަ އަންނަމުންދާގޮތުގެ ރިޕޯޓް ކޮންމެ ދެމަހުންއެއްމަހު ތައްޔާރުކޮށް ޢާއްމުކުރުން 7- އަތޮޅު ކައުންސިލްގެ ބިޒްނަސް ޕްލޭން ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި ކައުންސިލްގެ ލަފާގެ މަތީން ބިޒްނަސް ޕްލޭން އެކުލަވާލުމަށް އެހީތެރިކަން ފޯރުކޮށްދިނުން 8- ކާރިޘާތަކުން ރައްކާތެރިވުމަށް އަތޮޅު ލެވެލްގައި މަސައްކަތްކުރާނެ ގޮތުގެ ޕްލޭން (ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން) އެކުލަވާލުމުގެ އިދާރީ މަސައްކަތް ކުރުން 9- ކޮންމެއަހަރަކު މޮނިޓަރިންގް ޕްލޭން އެކުލަވާލުމާއި، މޮނިޓަރިންގެ ފޯމްތައް ރިވައިސްކުރުމުގެ މަސައްކަތްކުރުމާއި، ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް މޮނިޓަރިންގެ މަސައްކަތްތައް އިންތިޒާމްކުރުމާއި މޮނިޓަރކުރުމުގެ މަސައްކަތްކުރުން 10- އަތޮޅު ކައުންސިލް އަދި ރަށުކައުންސިލްތަކުގެ ޕާރފޯމަންސް އިންޑެކްސްގެ މަސައްކަތަށް ބޭނުންވާ މަޢުލޫމާތު އެއްކޮށް ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ކަނޑައަޅުއްވާ ތާރީޚަށް ފޮނުވުން 11- އަތޮޅު ކައުންސިލާއި ރަށުކައުންސިލުން ފޮނުވަންޖެހޭ ރިޕޯޓްތަކާއި، ޕްލޭންތައް ކަނޑައެޅިފައިވާ ތާރީޚަށް ފޮނުވަމުންދޭތޯ މޮނިޓަރކުރުމާއި، އެކަމުގެ މަޢުލުމާތު ކަމާއި ގުޅުންހުރި ޔުނިޓްތަކާއި، ކައުންސިލް އަދި ކަމާއި ގުޅުންހުރި އިދާރާތަކާއި ހިއްޞާކުރުން 12- ރަށު ކައުންސިލްތައް އަދި އަތޮޅު ކައުންސިލްގެ ކޮމްޕްލަޔަންސް އޯޑިޓް އަދި ފައިނޭންޝަލް އޯޑިޓްގެ މަސައްކަތްތަކަށް އެހީތެރިވެދިނުމާއި އިންޓަރނަލް އޯޑިޓާއި ގުޅޭ މަސައްކަތްތައްކުރުން 13- ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން 14- ކައުންސިލްގެ އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން 15- މުޅިތަނަށްދިމާވާ ކުއްލި އިމަޖެންސީތަކާއި، ކައުންސިލް އިދާރާއިން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި،ކައުންސިލްއިދާރާގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެންކަންތައްތައް ކުރުން |
މަޤާމުގެ ޝަރުޠުތައް: |
މަޤާމްގެ މަސައްކަތާއިގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން. |
މަސައްކަތުގެ ދާއިރާ އެޑްމިނިސްޓްރޭޝަން މެނޭޖްމަންޓް މަޤާމުގެ ތަޢުލީމީ ރޮނގުތައް އެކައުންޓިންގ ، އެޑްމިނިސްޓްރޭޝަން ، އެގްރިކަލްޗަރަލް ސައިންސް ، އެންތްރޯޕޮލިޖީ ، އާކިޓެކްޗަރ ، ބިޒްނަސް ، ބިޒްނަސް އެޑްމިނިސްޓްރޭޝަން ، ބިޒްނަސް މެނޭޖްމަންޓް ، ސިވިލް އިންޖިނިއަރިންގ ، ކޮމާސް ، ކޮމިޔުނިޓީ ޑިވެލޮޕްމަންޓް ، ކޮމްޕިޔުޓަރ ސައިންސް ، ކައުންސިލް އެޑްމިނިސްޓްރޭޝަން ، ކަލްޗަރ އެންޑް ހެރިޓޭޖް ، ޑިމޮގްރަފީ ، ޑިވެލޮޕްމަންޓް ސްޓަޑީޒް ، އިކޮނޮމިކްސް ، އެންވަޔަރަންމެންޓަލް ސައިންސް ، ފައިނޭންސް ، ގަވަރނަންސް ، ގަވަރނަންސް އެންޑް ޑިވެލޮޕްމަންޓް ، ހޮސްޕިޓަލިޓީ އެންޑް ޓޫރިޒަމް ، ހިއުމަންރިސޯސް ، އިންފޮމޭޝަން ޓެކްނޮލޮޖީ ، އިންޓަނޭޝަނަލް ރިލޭޝަންސް ، ލޯ ، ލީޑަރޝިޕް ، ލައިބްރަރީ ސައިންސް ، ލޯކަލް ގަވަރނަންސް ، މެނޭޖްމަންޓް ، މެރިން ސައިންސް ، މާކެޓިންގ ، އޮފީސް އެޑްމިނިސްޓްރޭޝަން ، ޕޮލިސީ ސްޓަޑީޒް ، ޕޮލިޓިކަލް ސައިންސް ، ޕްރޮޖެކްޓް މެނޭޖްމަންޓް ، ޕަބްލިކް އެޑްމިނިސްޓްރޭޝަން ، ޕަބްލިކް މެނޭޖްމަންޓް ، ޕަބްލިކް ޕޮލިސީ ، ޕަބްލިކް ރިލޭޝަންސް ، ޝަރީޢާ އެންޑް ލޯ ، ސޯޝަލް ސައިންސް ، ސޯޝަލްވޯރކް ، ސޯޝިއޮލޮޖީ ، ސްޕޯޓްސް މެނޭޖްމަންޓް ، ސްޓެޓިސްޓިކްސް ، ސްޓްރަކްޗަރަލް އިންޖިނިއަރިންގ ، ސަސްޓެއިނަބްލް ޑިވެލޮޕްމަންޓް ، އަރބަން ޕްލޭނިންގ ، އާބަން ސްޓަޑީޒް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
(ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް". |
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 10 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
އިންޓަރވިއު (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައި ވެސް ހިމެނުން) އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިޙާން ނުވަތަ ޕްރެޒެންޓޭޝަން އޮންނާނީ، 11 އޮކްޓޯބަރ 2022 އާއި 26 އޮކްޓޯބަރ 2022 އާ ދެމެދު، މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާގައެވެ. |
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540400 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |