މަސައްކަތް
ނަންބަރު: (IUL)368-AS/368/2022/40
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 13:35
ސުންގަޑި: 15 އޮކްޓޫބަރު 2022 23:59
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ލޯގޯ ފަރުމާކުރުމުގެ ފުރުޞަތު ހުޅުވާލުން

އިޢުލާން

މުލަކަތޮޅު ދިއްގަރު ކައުންސިލްގެ ލޯގޯ ފަރުމާ ކުރުމުގެ ފުރުޞަތު ހުޅުވާލުން

ކައުންސިލްގެ ރަސްމީ ސިއްކައިގެ ގޮތުގައި ބޭނުންކުރުމަށާއި ކައުންސިލްގެ އިދާރާއިން ބާއްވާ މުބާރާތްތަކާއި، ބައިވެރިވާ ޙަރަކާތްތަކާއި އެކިއެކި ރަސްމިއްޔާތުތަކުގައި ކައުންސިލްގެ ނަމުގައި ބޭނުންކުރާނެ ލޯގޯއެއް ފަރުމާ ކުރުމުގެ ފުރުޞަތު ޢާންމުކޮށް ހުޅުވާލަމެވެ.

މި އިޢުލާނާއި އެކުގައިވާ މަޢުލޫމާތު ކާރުދާހާއި އެއްގޮތްވާ ގޮތުގެ މަތިން ފަރުމާ ކުރެވޭ ލޯގޯ އަދި ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި ހުށަހަޅަންވާނީ އީމެއިލް މެދުވެރިކޮށް ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

[email protected]

ހުށަހެޅޭ ލޯގޯތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ލޯގޯއަކަށް 8،000.00 (އަށްހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައެޅިފައި ވެއެވެ.  

ވީމާ މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2022 އޮކްޓޫބަރު 15 ވަނަ ދުވަހުގެ 23:59 ގެ ކުރިން ލޯގޯ އަދި ހުށަހަޅަންޖެހޭ އެހެނިހެން ތަކެތި މަތީގައިވާ އީމެއިލްއަށް ހުށަހެޅުއްވުން އެދެމެވެ.

އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ނަމަ 9513712 އަށް ގުޅުއްވުން އެދެމެވެ.  

06 ރަބީޢުލްއައްވަލް 1444

02  އޮކްޓޫބަރ  2022

02 އޮކްޓޫބަރު 2022