ނީލަން
ނަންބަރު: (IUL)383/383/2022/88
ޕަބްލިޝްކުރި ތާރީޚް: 02 އޮކްޓޫބަރު 2022
ޕަބްލިޝްކުރި ގަޑި: 11:42
ސުންގަޑި:
31 އޮކްޓޫބަރު 2022 14:00
ކޮޅުމަޑުލު ވިލުފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތ.ވިލުފުށީ ހުޅަނގު އުތުރު ފަރާތުން އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދަށް ޖަމާކޮށްފައިވާ ބޮޑު ހިލަ ފުނި ސިޓީލައި ނީލަމުގައި ވިއްކާލުން
ތ.ވިލުފުށީ ހުޅަނގު އުތުރު ފަރާތުން އަލަށް ގޯތި ދޫކޮށްފައިވާ ސަރަޙައްދުގައި ހުރި ބޮޑު ހިލަތައް ނީލަމުގައި ވިއްކާލުމަށް ރައްޔިތުންގެ ބައްދަލުވުމުން ވަނީ ނިންމާފައެވެ. ވީމާ، މި ހިލަފުނި ނީލަންކިޔުން 2022 އޮކްޓޯބަރ 02 ވާ އާދީއްތަ ދުވަހުންފެށިގެން ހުޅުވާލައިފީމެވެ. ނީލަމާބެހޭ މައުލޫމާތު ތިރީގައިއެވަނީއެވެ.
- ނީލަންފެށޭ އަގު: ޓަނެއް -/308 (ތިންސަތޭކަ އަށްރުފިޔާ)
- އިތުރުކުރެވޭ އެންމެ ކުޑައަގު: 15 (ފަނަރަ ރުފިޔާ)
- އަގު ހުށަހަޅާނެގޮތް: ސިޓީ މެދުވެރިކޮށް ކައުންސިލް އިދާރާގެ އީމެއިލް [email protected] އަށް ނުވަތަ އިދާރާއަށް ދުރުވެ ސިޓީ ހުށަހެޅުން.
- ކޮންމެ ދުވަހެއްގެ 12:00 އާ ހަމަޔަށް ހުށަހަޅާ އެންމެ މަތީ އަގު އެދުވަހެއްގެ ރަސްމީގަޑި ނިމުމުގެ ކުރިން މިއިދާރާގެ ނޯޓިސް ބޯޑާއި ސޯޝަލް މީޑިއާގެ ޕްލެޓްފޯމްތަކުގައި އާންމުކުރެވޭނެއެވެ. އަދި 12:00 ގެ ފަހުން ހުށަހަޅާ އަގުތަށް އަޕްޑޭޓްކުރެވޭނީ ޖެހިގެން އަންނަ ދުވަހުގައެވެ.
- ނީލަމުގައިވާ އަގު ބަދަލުނުވެ އެއްއަގެއްގައި 48 (ސާޅީސްއަށެއް) ގަޑިއިރު އޮވެއްޖެނަމަ އެއަގު ހުށަހެޅި ފަރާތަކަށް ނީލަންނިމޭނެއެވެ.
- ހިލަފުނި ނީލަމުންނަގާ ފަރާތުން ނީލަންނިމޭ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހުގެ ތެރޭގައި ހިލަފުނި ނަގައިގެން ގެންދަންވާނެއެވެ. އަދި ފައިސާ ދައްކާނީ ދެފަރާތުގެ ދެމެދުގައި ހަދާ އެއްބަސްވުމާއި އެއްގޮތަށެވެ.
ހިލަފުންޏާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ކައުންސިލްގެ ނައިބް ރައީސް ޙުސައިން ޢަބްދުއްސަލާމް އާދަމް، މޯބައިލް ނަންބަރު 9742454 ނުވަތަ ކައުންސިލްގެ އިދާރާގެ ނަންބަރު 6780701 ފޯނަށެވެ.
02 އޮކްޓޫބަރު 2022