މަސައްކަތް
ނަންބަރު: FNK-K(T)/FNK/IUL/2014/137
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 13:46
ސުންގަޑި: 06 ނޮވެންބަރު 2014 13:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ނ. ލަންދޫ ކޭބަލް ވަޅުލުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމާބެހޭ

ނ. ލަންދޫ ބްރާންޗުގެ ކަރަންޓް ނެޓުވާރކް އަޕްގްރޭޑް ކުރުމަށް އަޅަންޖެހޭ ކޭބަލް ވަޅުލުމުގެ މަސައްކަތްކުރުމަށް ކޯރު ކޮނެދޭނެ ފަރާތެއް ބޭނުންވެއެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވަޑައިގަންނަވާ ފަރާތްތަކުން 06 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 13:00 އަށް މި ކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ. ވެލިދޫ ބްރާންޗް (ނ. އަތޮޅު ރީޖަނަލް އޮފީސް) އަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 12:00ގައި އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހަޅުއްވަންވާނީ މިކުންފުނީގެ ހެޑްއޮފީސް (ޕޯޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ) ނުވަތަ މިކުންފުނީގެ ނ. ވެލިދޫ ބްރާންޗް (ނ. އަތޮޅު ރީޖަނަލް އޮފީސް) އަށެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބާއި، ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ. އަގު ހުށަހަޅުއްވަން އޮންނަ ގަޑީގައި މާލޭގައިހުންނަ ހެޑްއޮފީހާއި ނ. ވެލިދޫ ބްރާންޗަށް އަގު ހުށަހަޅުއްވާ ފަރާތްތަކުގެ މަޢުލޫމާތާއި އަގު، އޯޑިއޯ ކޮންފަރެންސް މެދުވެރިކޮށް ވަޑައިގަންނަވާ ފަރާއްތަކާ ހިއްސާ ކުރެވޭނެއެވެ.

06 މުޙައްރަމް 1436

30 އޮކްޓޫބަރު 2014