ދިވެހިރާއްޖެ
އެކްސްޕްރެޝަން އޮފް އިންޓްރެސްޓް ހުށަހެޅުއްވުމުގެ ދަޢުވަތު
ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ އެހީގެ ދަށުން ދިވެހިރާއްޖޭގެ ޕެންޝަންގެ ނިޒާމު ހަރުދަނާކުރުމަށްޓަކައި ސްޓޭކްހޯލްޑަރ އޭޖެންސީތަކުގެ ފަންނީ ޤާބިލުކަން އިތުރުކުރުމަށް ދަނީ މަސައްކަތް ކުރެވެމުންނެވެ. މިގޮތުން، މިނިސްޓްރީ އޮފް ހެލްތުގެ ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީއަށް މި މަސައްކަތުގައި އެހީތެރިވެދޭނެ، ތިރީގައި މިދަންނަވާ މަޤާމު ތަކަށް މީހުން ބޭނުންވެއްޖެ އެވެ.
IT System Administrator (Local):މަޤާމު
ބޭނުންވާ އަދަދު: 1
މުސާރަ: ތިން މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި މަހަކު -/17،000 ރުފިޔާ އަދި ޕްރޮބޭޝަނަރީ މުއްދަތަށްފަހު މަސައްކަތުގެ ފެންވަރަށް ބަލައި މަހަކު -/20،000 ރުފިޔާ.
Monitoring and Evaluation Coordinator (Local):މަޤާމު
ބޭނުންވާ އަދަދު: 1
މުސާރަ: ތިން މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި މަހަކު -/17،000 ރުފިޔާ އަދި ޕްރޮބޭޝަނަރީ މުއްދަތަށްފަހު މަސައްކަތުގެ ފެންވަރަށް ބަލައި މަހަކު -/20،000 ރުފިޔާ.
IT Programmer (Local):މަޤާމު
ބޭނުންވާ އަދަދު: 1
މުސާރަ: ތިން މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި މަހަކު -/17،000 ރުފިޔާ އަދި ޕްރޮބޭޝަނަރީ މުއްދަތަށްފަހު މަސައްކަތުގެ ފެންވަރަށް ބަލައި މަހަކު -/20،000 ރުފިޔާ.
Budget and Accounts Coordinator (Local):މަޤާމު
ބޭނުންވާ އަދަދު: 1
މުސާރަ: ތިން މަސްދުވަހުގެ ޕްރޮބޭޝަނަރީ މުއްދަތުގައި މަހަކު -/17،000 ރުފިޔާ އަދި ޕްރޮބޭޝަނަރީ މުއްދަތަށްފަހު މަސައްކަތުގެ ފެންވަރަށް ބަލައި މަހަކު -/20،000 ރުފިޔާ.
ފެންވަރު ނުވަތަ ޝަރުޠު:
މި މަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ތަޢުލީމީ ފެންވަރާއި ތަޖުރިބާ، އަދި މި މަސައްކަތަށް ހޮވޭ ފަރާތެއްގެ މަސްއޫލިއްޔަތުތަކާއި ޒިންމާތައް، މި މަޤާމުގެ ޓަރމްސް އޮފް ރެފަރަންސްގައި ބަޔާންކުރެވިފައި ވާނެއެވެ. މި ޓަރމްސް އޮފް ރެފަރަންސް މި އޮފީހުގެ ވެބްސައިޓު www.pension.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.
މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ހުށަހަޅުއްވާއިރު ތިރީގައި މިވާ މަޢުލޫމާތު ހުށަހަޅުއްވަންވާނެއެވެ.
- ތަޢުލީމީ ސެޓުފިކެޓުތަކުގެ އެޓެސްޓު ކުރެވިފައިވާ ކޮޕީ.
- މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ފަންނީ ތަޖުރިބާ އެނގޭ ގޮތަށް ތައްޔާރުކުރެވިފައިވާ ވަނަވަރު.
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ނުވަތަ ޕާސްޕޯޓުގެ ކޮޕީ.
- ގުޅޭނެ ނަންބަރާއި، އީމެއިލް އެޑްރެސް އަދި ދާއިމީ އެޑްރެސް.
މި މަޤާމަށް ހޮވޭ ފަރާތްް މަސައްކަތް ކުރައްވާނީ ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީގައެވެ. އަދި، މި ފަރާތަކީ ވާރލްޑް ބޭންކުގެ އެހީގައި ހިންގާ މޯލްޑިވްސް ޕެންޝަން އެންޑް ސޯޝަލް ޕްރޮޓެކްޝަން އެޑްމިނިސްޓްރޭޝަން ޕްރޮޖެކްޓުގެ ދަށުން އައްޔަންކުރެވޭ ފަރާތަކަށް ވުމާއެކު، މި މަޤާމަށް މީހަކު އައްޔަންކުރެވޭނީ ވާރލްޑް ބޭންކުގެ ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިންނެވެ.
ވީމާ، މި މަޤާމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 13 ނޮވެންބަރު 2014 ވާ ބުރާސްފަތި ދުވަހުގެ 16:00ގެ ކުރިން، ސިޓީއަކުން، އީމެއިލްއަކުން ނުވަތަ ފެކްސްއިން ތިރީގައި މިވާ އެޑްރެހަށް އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އަދި، މި މަސައްކަތާ ގުޅޭ ގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، ތިރީގައި މިވާ އެޑްރެހާއި ގުޅުއްވުން އެދެމެވެ.
މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީސް
ޕްރޮޖެކްޓް މެނޭޖްމަންޓު ޔުނިޓް
އަމީނީ މަގު، 20379
މާލެ، ދިވެހިރާއްޖެ
ފޯނު ނަންބަރު: 3309908
ފެކްސް ނަންބަރު: 3307759
އީމެއިލް:[email protected] [email protected],