ދިވެހިރާއްޖެ
މި ކައުންސިލްގެ ލޯގޯ އަދި ކޯޕަރޭޓް އައިޑެންޓިޓީ ފަރުމާކުރުމަށް ހުޅުވާލެވުނު ފުރުސަތުގައި ހުށަހަޅާފައިވަނީ މަދު އަދަދެއްގެ ހުށަހެޅުންތަކެވެ. ވީމާ، މި ކައުންސިލުން ދޭ މަޢުލޫމާތާއި އެއްގޮތަށް މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ ލޯގޯ ފަރުމާކޮށް ހުށައެޅުމުގެ ފުރުޞަތު މިކަމަށް ޝައުޤުވެރިވާ ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.
ލޯގޯ ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާސް މި އިޢުލާނާއެކު އެޓޭޗްކޮށްފައި ވާނެ އެވެ. އަދި މި ކައުންސިލާ ގުޅުއްވުމުން ވެސް ބޭނުންވާ ފަރާތްތަކަށް އީމެއިލްގެ ޒަރީޢާއިން މަޢުލޫމާތު ކަރުދާސް ފޯރުކޮށް ދެވޭނެ އެވެ.
ހުށަހެޅުންތަކުގެ ތެރެއިން ކައުންސިލުން ކަނޑައަޅާ ޝަރުޠުތައް ހަމަވާ އަދި އެންމެ ރަނގަޅުކަމަށް ކައުންސިލުން ކަނޑައަޅާ ލޯގޯ ފަރުމާކުރެއްވި ފަރާތަކަށް 10,000.00 (ދިހަހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށްވަނީ ކަނޑައެޅިފަ އެވެ.
ލޯގޯ ހުށައެޅުމުގެ ސުންގަޑި
ލޯގޯ ފަރުމާކުރުމާއި ގުޅޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ފޯމެޓާއި އެއްގޮތަށް ތައްޔާރުކޮށްފައިވާ ތަކެތި ހުށައަޅާނީ 2022 އޮކްޓޯބަރު 31 ވާ ހޯމަދުވަހުގެ 13:00 ގެ ކުރިން މާޅޮސްމަޑުލު ދެކުނުބުރީ ދަރަވަންދޫ ކައުންސިލްގެ އިދާރާއަށެވެ.
އިތުރު މަޢުލޫމާތު ސާފުކުރުން
އިތުރު މައުލޫމާތު ހޯދެއްވުމަށް ގުޅުއްވާނީ 6600002 އަށެވެ.