ދިވެހިރާއްޖެ
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
އިންޓަރނޭޝަނަލް ފަންޑް ފޯރ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑު) އާއި ދިވެހި ސަރުކާރު ގުޅިގެން މިމިނިސްޓްރީން ކުރިއަށްގެންދާ [މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް] އަކީ ދަނޑުވެރިކަމުގެ ޞިނާއަތް ތަރައްޤީކުރުމަށް ހިންގޭ ޕްރޮޖެކްޓެކެވެ. މިޕްރޮޖެކްޓަށް ބޭނުންވާ އެގްރޮނޮމިސްޓެއްގެ ހިދުމަތްތައްދޭން [ޝައުގުވެރިކަން ފާޅުކުރުމުގެ ދަޢުވަތު] މި މިނިސްޓްރީއިން ހުޅުވާލަމެވެ.
ވީމާ، މިމަސައްކަތައް ޝަރުޠުފުރިހަމަވާ ފަރާތްތަކަށް، ޝައުޤުވެރިކަން ފާޅުކުރުމުގެ ދަޢުވަތު (expression of interest)، މިނިސްޓްރީގެ ޕްރޮޖެކްޓް އިންޕްލިމެންޓޭޝަން ޔުނިޓުން ހުޅުވާލަމެވެ. ޝައުޤުވެރިކަން ފާޅުކުރާ ފަރާތްތަކުން، މި މަސައްކަތް ކުރުމަށް ބޭނުންވާ ކޮލިފިކޭޝަން (ފެންވަރު) އާއި ތަޖުރިބާ ހުރިކަން ދައްކުވައިދޭ މަޢުލޫމާތު ފޯރުކޮށްދޭންވާނެއެވެ.
މި މަސައްކަތަށް ކުރިމަތިލާ ފަރާތަކީ، މަޞްލަޙަތު ފުށުއެރުމެއް ނެތް، ނުވަތަ މަޞްލަޙަތު ފުށުއެރުމެއް ވުމުގެ ފުރުޞަތު އޮތް ނުވަތަ އެކަށީންގެންވާ ހަމަތަކުން ބަލާއިރު އެފަދަ ފުށުއެރުމެއް އޮވެދާނެކަމަށް ބެލެވޭ ފަރާތަކަށް ވެގެންނުވާނެއެވެ. އަދި އިފާޑުން ހުއްދަ ނުދޭހާހިނދަކު، މިދެންނެވިފަދައިން މަޞްލަޙަތު ފުށުއެރުމެއް ވާކަމަށް ބެލެވޭ ފަރާތްތަކުގެ ހުށަހެޅުންތައް ޑިސްކޮލިފައިކުރެވޭނެއެވެ.
މިވަޒީފާއަށް ހޮވޭނީ، އިފާޑުގެ ޕްރޮޖެކްޓް ޕްރޮކިއުމަންޓް ހޭންޑްބުކްގައި ބަޔާންކޮށްފައިވާ "އިންޑިވިޖުއަލް ކޮންސަލްޓަންޓް ސިލެކްޝަން" އާ އެއްގޮތްވާ ގޮތުގެމަތިންނެވެ. މިދެންނެވި ހޭންޑް ބުކް އިފާޑުގެ ވެބްސައިޓްގެ www.ifad.org/project-procurement. މި ލިންކުން ބައްލަވައިލެއްވޭނެއެވެ.
ޝޯޓްލިސްޓްކުރެވޭނީ ތިރީގައިވާ ކްރިޓީރިއާއި އެއްގޮތަށެވެ.
ސިލެކްޝަން ކްރިޓީރިއާ |
މާކްސް |
ތަޢުލީމީ ފެންވަރު |
40 |
މަސައްކަތުގެ ތަޖުރިބާ |
30 |
އިންޓަރވިއު |
30 |
އިންޓަރވިއު ކުރެވޭނީ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖްރިބާއިން މަދުވެގެން 50 މާކްސް ލިބޭ ފަރާތްތަކެވެ. |
މިމަޤާމަށް އެންމެ ޤާބިލް ފަރާތެއް ހޮވާނީ ލިބިފައިވާ ތަޢުލީމާއި، ތަޖުރިބާއާއި،މަސައްކަތަށް ބޭނުންވާ ހުނަރާއި، މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށާއި ޤާބިލްކަން ކަށަވަރު ކުރުމަށްޓަކައި ކުރެވޭ އިންޓަރވިއު އަށް ބެލުމަށްފަހުއެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" އާއި ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން ނުވަތަ ކްލެރިފައިކުރައްވަން ބޭނުންފުޅުވާނަމަ، އެކަމެއް 05 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ ހެނދު 10:00 ގެ ކުރިން ތިރީގައިވާ އީ-މެއިލް އަށް ފޮނުއްވަންވާނެއެވެ. މިގޮތުން ފޮނުވާ ކްލެރިފިކޭޝަން ރިކުއެސްޓްތަކަށް 06 އޮކްޓޫބަރު 2022 ގެ 15:00 ގެ ކުރިން ޖަވާބު ފޮނުވޭނެއެވެ.
"އެކްސްޕްރެޝަން އޮފް އިންޓްރެސްޓް" ހުށަހަޅުއްވާނީ، 13 އޮކްޓޫބަރު 2022 ވަނަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް ސީވީ ހުށަހަޅުއްވައިގެންނެވެ.
މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް
ޕްރޮޖެކްޓް އިމްޕްލިމެންޓޭޝަން ޔުނިޓް
މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ
5 ވަނަ ފަންގިފިލާ، މ.ހަޒާރުމާގ، ފަރީދީމަގު
މާލެ، ދިވެހިރާއްޖެ
ފޯން: 3033410
އީމެއިލް: [email protected]