ދިވެހިރާއްޖެ
މަތީ ތަޢުލީމުގެ ފުރުޞަތު |
މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން މާލެ، ދިވެހިރާއްޖެ |
|
10 Fully-Funded Research Fellowships |
||
އިޢުލާން |
||
ނަންބަރު: IUL)475-Schol/475/2022/166) |
ތާރީޚް: 29 ސެޕްޓެމްބަރ 2022 |
|
Indian Science and Research Fellowship (ISRF) |
||
އިންޑިޔާ ސަރުކާރުގެ ފަރާތުން ހިންގާ އިންޑިޔަން ސައެންސް އެންޑް ރިސާރޗް ފެލޯޝިޕް (އައި.އެސް.އާރް.އެފް)ގައި ބައިވެރިވުމުގެ ފުރުސަތު ދިވެހިރާއްޖެއަށް ވަނީ ލިބިފައެވެ. މިފެލޯޝިޕްގެ ދަށުން، ދިވެހި ރިސާރޗަރުންނާއި ސައިންޓިސްޓުންނަށް އިންޑިޔާގެ އެންމެ މަތީ ފެންވަރުގެ ލެބޯޓަރީތަކާއި ތައުލީމީ ޔުނިވަރސިޓީތަކުގައި، އިންޖިނިއަރިންއާއި ސިއްޙީ ދާއިރާ ހިމެނޭހެން ސައެންސާއި ޓެކްނޮލޮޖީގެ ދާއިރާތަކުން ރިސާރޗްކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މިފެލޯޝިޕްގެ މުއްދަތަކީ 3 މަހާއި 6 މަހުގެ މުއްދަތެވެ. މިފެލޯޝިޕަށް އެދި ހުށައެޅުމުގެ ފަހު ތާރީހަކީ 12 އޮކްޓޯބަރ 2022 ވަނަ ދުވަހެވެ. މިފެލޯޝިޕަށް އެދި ހުށައަޅާނީ އިންޑިޔާގެ ޑިޕާޓްމެންޓް އޮޕް ސައެންސް އެންޑް ޓެކްނޮލޮޖީއިން ޝާއިޢުކޮށްފައިވާ ފޯމެޓަށް މިމިނިސްޓްރީއަށެވެ. އެގޮތުން، މިޢިއުލާނުގައި ހިމެނޭ ލިންކްގައިވާ އެޕްލިކޭޝަން ފޯމް ފުރިހަމަކުރުމަށްފަހު، އެއާއިއެކު ހުށައަޅަންޖެހޭ އެންމެހާ ލިޔެކިޔުންތައް 12 އޮކްޓޯބަރ 2022 ގެ ކުރިން [email protected] އަށް އީމެލް ކުރައްވާނީއެވެ. މިފެލޯޝިޕުގެ ދެވެނީ އެންމެ ގިނަވެގެން 10 ފަރާތަށެވެ. މިފެލޯޝިޕާއި ގުޅޭ އިތުރު މައުލޫމާތު، ތިރީގައިވާ ލިންކްގައިވާ ލިޔުންތަކުން ލިބިލައްވާނެއެވެ. https://drive.google.com/drive/folders/1lDcxkSWlpwWp0NAj238T3LdgvhuBBeNG?usp=sharing
އެޕްލިކޭޝަން ހުށަހެޅުއްވުމުގެ ސުންގަޑި: 12 އޮކްޓޯބަރ 2022 ގެ 12:30 ނިޔަލަށް |