މަސައްކަތް
ނަންބަރު: (IUL)321/321/2022/199
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:34
ސުންގަޑި: 22 އޮކްޓޫބަރު 2022 00:00
މާޅޮސްމަޑުލު ދެކުނުބުރީ ތުޅާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ އުތުރުފަރާތު ހޭޅީގައި ހުރި މަރުވެފައިވާ ރުއްގަސްތައް ނަގައިދޭނެ ފަރާތެއް ހޯދުން (ދެވަނަ ފަހަރު)

އިޢުލާން

ރަށުގެ އުތުރުފަރާތު ހޭޅީގައިހުރި، މަރުވެފައިވާ ރުއްގަސްތައްނަގައިދޭނެ ފަރާތެއް ހޯދުން

        ރަށުގެ އުތުރު ފަރާތު ހޭޅީގައި ހުރި މަރުވެފައިވާ ރުއްގަސްތައް ނަގާދޭނެ ފަރާތެއް ހޯދުމަށް ކުރި މިއިދާރާގެ ނަންބަރު: (IUL)/321/321/2022/185) އިޢުލާނާއިގުޅިގެން އެންމެ ފަރާތަކުން އަގުބަލާ ފޯމް ހުށަހަޅާފައިވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އެކަމަށް ފުރުޞަތު ހުޅުވާލަމެވެ.     

ވީމާ، މިރަށުގެ އުތުރު ފަރާތު ގިރާ ސަރަހައްދަށް އިތުރު ކުރެވުނު ބިމުގައި (އުތުރު ފަރާތު ހޭޅީގައި) އިންދާފައިވާ ރުއްގަހުގެ ތެރެއިން، މަރުވެފައިވާ ރުއްގަސްތައް ނެގުމަށް މި ކައުންސިލުން ބޭނުންވާތީ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، ތިރީގައިވާ ގޮތުގެ މަތިން ފޯމް ހުށަހެޅުއްވުން އެދެމެވެ.

އަގުބަލާ ފޯމްހުށަހެޅޭނެ އެންމެ ފަހުގެ ތާރީޚާއި ގަޑި:

2022 އޮކްޓޫބަރު 05 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން

އަގުބަލާ ފޯމްތައް ހުޅުވުމަށް ހަމަޖެހިފައިވާ ތާރީޚާއި ގަޑި:

2022 އޮކްޓޫބަރު 05 ވާ ބުދަ ދުވަހުގެ 10:15

 

ހުށަހަޅާ ފޯމްތަކަށް މާރކްސް ދިނުމުގައި ބަލާނެ މިންގަނޑު

އަގު

90%

މުއްދަތު

10%

 

އިތުރު މަޢުލޫމާތު:

  • އަގުބަލާ ފޯމް ހުށަހަޅުއްވަން ވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި "ރަށުގެ އުތުރުފަރާތު ހޭޅީގައި ހުރި، މަރުވެފައިވާ ރުއްގަސްތައްނަގައިދިނުމަށް އެދި" މިހެން ލިޔެފައި އޮންނަން ވާނެއެވެ. ސިޓީ އުރައިގެ ކަނާތްފަރާތުން މަތީ ކަނުގައި ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ފޯނު ނަމްބަރު ލިޔެފާ އޮންނަން ވާނެއެވެ. އީ-މެއިލް މެދުވެރިކޮށް ހުށަހަޅާ ފޯމް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

            ވީމާ، މަތީގައި ދެންނެވިފައިވާ ގޮތުގެ މަތިން މި މަސައްކަތް ކޮށްދެއްވުމަށް ޝަޢުޤުވެރިވެ ލައްވާ ފަރާތްތަކުން 2022 އޮކްޓޫބަރު 05 ވާ ބުދަ ދުވަހުގެ 10:00 ގެ ކުރިން އަގުބަލާ ފޯމު ހުށަހެޅުއްވުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

03 ރަބީޢުލްއައްވަލް 1444

                 29  ސެޕްޓެންބަރު 2022                

29 ސެޕްޓެންބަރު 2022