މަސައްކަތް
ނަންބަރު: (IUL)389/389/2022/33
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:17
ސުންގަޑި: 06 އޮކްޓޫބަރު 2022 11:00
ކޮޅުމަޑުލު ހިރިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ ގުދަން އިމާރާތްކުރުން

ތ. ހިރިލަންދޫ ކައުންސިލް އިދާރާގެ ގުދަން އިމާރާތް ކުރަން ބޭނުންވެގެން ކުރެވުނު އިއުލާން އާއި ގުޅިގެން ލިބުނު އަންދާސީ ހިސާބާއެކު އެއްވެސް ފަރާތަކުން ރަންގަޅު ބިލްއޮފް ކުއަންޓިޓީއެއް ހުށައަޅުއްވާފައި ނުވާތީ، މިމަސައްކަތައް އަލުން ފުރުސަތު ހުޅުވާލަމެވެ.

މިމަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން  29 ސެޕްޓެންބަރ 2022 ވާ ބުރާސްފަތި ދުވަހުން ފެށިގެން 6 އޮކްޓޫބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައި މިކައުންސިލަށް ދުރުވެ ނުވަތަ [email protected] މެއިލްއަށް، ބިޑްރަޖިސްޓަރީ ކުރުމަށް އެދޭ ފޯމު ފުރިހަމަކޮށް ހުށައަޅައިގެން ރަޖިސްޓްރީކުރައްވައި، ބީލަން ކަރުދާސް ބައްލަވައިގަތުން އެދެމެވެ. ބީލަން ކަރުދާހުގެ އަގަކީ -/50ރ އެވެ. ރެޖިސްޓްރީވުމަށް އެދޭ ފޯމް މިއިދާރާއިންނާއި ދިވެހި ސަރުކާރުގެ ގެޒެޓުން ލިބެން ހުންނާނެއެވެ. މިމަސައްކަތައް ބީލަން ހުށައެޅުމުގެ ފުރުސަތު ލިބޭނީ ރަޖިސްޓްރީވެ، ބީލަން ކަރުދާސް ބައްލަވައިގަންނަވާ ފަރާތްތަކަށް އެކަންޏެވެ. މިއިދާރާގެ ނަންބަރ (IUL)389/389/2022/17  އިޢުލާން އަދި (IUL)389/389/2022/31 އިއުލާނާއި ގުޅިގެން ބިޑް ފޮތް ބައްލަވައިގެންފައިވާ ފަރާތްތަކުން އަލުން ބިޑް ފޮތް ބައްލަވައިގަންނަވަން ފައިސާދައްކާކަށް ޖެހިވަޑައި ނުގަންނަވާނެއެވެ. މި ބީލަމާއި ގުޅިގެން ބާއްވާ ޕްރީ-ބިޑް މީޓިންގ އާއި ބިޑްހުށައެޅުމަށް ބާއްވާ ބައްދަލުވުން ހަމަޖެހިފައިވާގޮތް ތިރިގައިވާ ތާވަލްގައި އެވަނީއެވެ.

 

ތަން

ތާރީހް

ދުވަސް

ގަޑި

ޕްރީ-ބިޑް މީޓިންގ

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

9 އޮކްޓުބަރ 2022

އާދިއްތަ

13:30

ބިޑް ހުށައެޅުން

ތ.ހިރިލަންދޫ ކައުންސިލް އިދާރާ

12 އޮކްޓުބަރ  2022

ބުދަ

11:00

29 ސެޕްޓެންބަރު 2022