މަސައްކަތް
ނަންބަރު: (IUL)30-C/30/2022/296
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:13
މިނިސްޓްރީ އޮފް ފިޝަރީޒް، މެރީން ރިސޯސަސް އެންޑް އެގްރިކަލްޗަރ
ދިވެހިރާއްޖެ
އަންދާސީ ހިސާބު

ދަނޑުވެރިންގެ ދުވަހާއި ދުނިޔޭގެ ކާބޯތަކެތީގެ ދުވަސް ފާހަގަ ކުރުމަށް އޮކްޓޯބަރ 15-16 ގައި ކާށިދޫގައި ހިންގާ ޙަރަކާތްތަކުގެ ސައުންޑް، ލައިޓިން އަދި އެހެނިހެން ޙިދުމަތްތައް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މި މަސައްކަތަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވި ފައިވަނީ ހަމައެކަނި ކުދި އަދި މެދު ފަންތީގެ ވިޔަފާރި (އެސް.އެމް.އީ) ތަކަށެވެ.

ވީމާ، މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހުގެ 10:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން މިމިނިސްޓްރީއަށް (ވެލާނާގެ 7 ވަނަ ފަންގިފިލާއަށް) ވަޑައިގެންދެއްވުން އެދެމެވެ.

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ބީލަން ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ހުކުރު ދުވަސް ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ބިޑް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 10:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339282، 3339239 އަދި 3339239 ނަންބަރު ފޯނަށެވެ.

29 ސެޕްޓެންބަރު 2022