ބީލަން
ނަންބަރު: (IUL)310-MS/310/2022/36
ޕަބްލިޝްކުރި ތާރީޚް: 29 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 12:00
ސުންގަޑި: 13 އޮކްޓޫބަރު 2022 11:00
މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ 02 ކޮމްޕޯސްޓިންގ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ 02 ކޮމްޕޯސްޓިންގ މެޝިން ސަޕްލައިކޮށްދޭނެ ފަރާތެއް ހޯދުމަށް

 

މި އިދާރާގެ ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ބޭނުންވާ 02 ކޮމްޕޯސްޓިންގ މެޝިން ވިއްކާނެ ފަރާތެއް ބޭނުންވެއްޖެއެވެ. މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން، ތިރީގައި ދަންނަވާ ތާރީޚްގެ ކުރިން ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީވެލައްވައި، ކަނޑައެޅިފައިވާ ތާރީޚަށް، އަންދާސީ ހިސާބު ހުށަހެޅުއްވުމަށް، މި އިދާރާއަށް ވަޑައިގެންދެއްވުން އެދެމެވެ.

 

ރަޖިސްޓްރީ ވުމަށް ބޭނުންވާ ފޯމް، މި އިއުލާނާއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މި އިދާރާގެ ކައުންޓަރުންވެސް ފޯމް ލިބެންހުންނާނެއެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވުމުން ބިޑާއި ގުޅޭ އެހެނިހެން މަޢުލޫމާތު އެފަރާތްތަކަށް ފޯރުކޮށްދެވޭނެއެވެ.

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ވާ ތާރީޚް

އަންދާސީ ހިސާބު ހުށަހަޅަން ޖެހޭ ތާރީޚް

06 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ކުރިން

13 އޮކްޓޯބަރު 2022 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މި އިދާރާގައި

 

ޕްރީ ބިޑް މީޓިންގ އެއް 09 އޮކްޓޯބަރ 2022 ވާ އާދިއްތަ ދުވަހު 11:00 ގައި މި އިދާރާގައި އޮންނާނެއެވެ. މި ބައްދަލުވުމުގައި ބައިވެރިވުމަކީ މަޖުބޫރު ކަމެއް ނޫނެވެ.

އަދި ދަންނަވަމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ނުވާ އެއްވެސް ފަރާތެއްގެ އަންދާސީ ހިސާބު ބަލައެއް ނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވެލައްވާނަމަ، ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6580020 އަށް ގުޅުއްވައިގެން ސާފު ކުރެއްވުން އެދެމެވެ.

 

03 ރަބީޢުލްއައްވަލް 1444

29  ސެޕްޓެމްބަރު  2022

29 ސެޕްޓެންބަރު 2022