ދިވެހިރާއްޖެ
މި ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް، މުންޑޫގައި އައުޓްޑޯ ޖިމް ޤާއިމުކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. ވީމާ، ކައުންސިލްއިން ދޫކުރާ ކޮންސެޕްޓާއި އެއްގޮތަށް އައުޓްޑޯ ޖިމްގައި ބަހައްޓަންޖެހޭ ތަކެތި ދިނުމުން އެ މަސައްކަތް އަމިއްލަ ތަކެތީގައި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން މިކައުންސިލަށް ދުރުވެ ބީލަމުގައި ރަޖިސްޓްރީވުމަށް އެދެމެވެ. ބީލަމާއި ގުޅޭ މަޢުލޫމާތު ކަރުދާސް ބީލަން ހުށަހެޅުއްވުމަށް ރަޖިސްޓަރ ކުރައްވާ ފަރާތްތަކަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި ބަޔާންކޮށްފައިވާ ސުންގަޑީގެ ކުރިން ބީލަމުގައި ރަޖިސްޓްރީ ކޮށް މުންޑޫ ކައުންސިލްގެ އިދާރާއަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.
ތަފްސީލް |
ތާރީހް |
ދުވަސް |
ގަޑި |
ތަން |
ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީކުރުން |
29 ސެޕްޓެމްބަރ 2022 އިން 10 އޮކްޓޯބަރ 2022 އަށް |
ރަސްމީ ކޮންމެ ދުވަހެއްގައި |
08:30 އިން 13:00 އަށް |
މުންޑޫ ކައުންސިލް އިދާރާ އަދި މެއިލް |
މައުލޫމާތު ސާފުކުރުން |
11 އޮކްޓޯބަރ 2022 |
އަންގާރަ |
10:00 |
މުންޑޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
އެސްޓިމޭޓް ހުށައެޅުން |
20 އޮކްޓޯބަރ 2022 |
ބުދަ |
10:00 |
މުންޑޫ ކައުންސިލް އިދާރާގެ މީޓިން ރޫމް |
ރަޖިސްޓްރީ ކުރަން ފޮނުވާ ސިޓީގައި ހިމަނަންޖެހޭ މަޢުލޫމާތު:
- އިޢުލާން ނަންބަރު (ކޮން މަސައްކަތެއްކަން އެނގޭގޮތަށް މެއިލްގެ ސަބްޖެކްޓްގައި ލިޔުމަށް):
- ކުންފުނި/ވިޔަފާރީގެ ނަން:
- ކުންފުނި/ވިޔަފާރީގެ ރަޖިސްޓްރޭޝަން ނަންބަރު:
- ގުޅޭނެ ފޯނު ނަންބަރު:
- އީމެއިލް އެޑްރެސް:
- ކުންފުނީގެ ވެރިފަރާތުގެ ނަން:
މަޢުލޫމާތު ސާފުނުކުރާ ފަރާތްތަކުގެ ބިޑް ބަލައިނުގަނެވޭނެ އެވެ. ބީލަމުގައި ރަޖިސްޓްރީވުމަށް މެއިލްކުރަށްވާނަމަ ([email protected]) އަށް މެއިލް ކުރެއްވުން އެދެމެވެ. އަދި މަޢުލޫމާތު ސާފުކުރުމަށް އަދި ބިޑް ހުށައެޅުމަށް ގަޑިއަށް ޙާޒިރުނުވާ ފަރާތްތައް ބައިވެރި ނުކުރެވޭނެ ވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ ކާކުކަން އަންގައިދޭ ލިޔުމެއް ގެންނަން ވާނެއެވެ. ބިޑާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ސަރުކާރު ބަންދުނޫން ދުވަސްތަކުގެ ރަސްމީ ގަޑީގައި މި އިދާރާގެ ފޯން 6800714 ނަންބަރު އާއި ގުޅުއްވުމުން މަޢުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.
ވީމާ، މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.