ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)258/258/2022/86
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:32
ސުންގަޑި: 09 އޮކްޓޫބަރު 2022 13:00
ތިލަދުންމަތީ ދެކުނުބުރީ ހަނިމާދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ މިލްކުވެރި ފަރާތް ހޯދުން.

ނަންބަރ: (IUL)258/258/2022/86

 

އިޢުލާން

         

ރުއްގަހުގެ މިލްކުވެރި ފަރާތް ހޯދުން.

 

 

            ހަނިމާދޫ ރަންވޭ މަގުގައި ތާރު އެޅުމުގެ މަސައްކަތް ނިމިފައިވާތީ، އެމަގުގެ އިރުމަތީ ޕޭމަންޓް ޖެހުމަށްޓަކައި މިދަންނަވާ ސަރަޙައްދުގައި އެއްވެސް ފަރާތެއްގެ ނަމުގައި ރަޖިސްޓްރީ ކުރެވި ނުވަތަ މިލްކުވެރިކަން ސާބިތު ކޮށްފައިވާ ރުއްގަސް ހުރިނަމަ 2022 އޮކްޓޫބަރ 09 ވާ އާދީއްތަ ދުވަހުގެ 13:00 ގެ ކުރިން އެފަދަ ރުއްގަހުގެ ވެރިން މަތީގައިވާ ލިޔުން ހިއްޕަވައިގެން މި އިދާރާއަށް ވަޑައިގެން ދެއްވުން އެދެމެވެ. މި މުއްދަތުގައި މި ސަރަޙައްދުގައިހުރި ރުއްގަހުގެ ވެރި ފަރާތުން މަތީގައި ދަންނަވާފައިވާ ލިޔުން ހުށަހަޅާފައި  ނުވާނަމަ އެފަދަ ރުއްގަހުގެ ވެރިއަކު ނެތްކަމުގައި ބަލައި އެރުއްގަސް ނަގާ މަގުގެ ޕޭމަންޓް ސަރަހައްދު ސާފުކުރާނެ ކަމުގައި ދަންނަވަމެވެ.

ރުއްގަސް ހުރި ސަރަހައްދު

ކާނޭޝަންމަގުން ފެށިގެން އަރާމަގާއި ހަމައަށް (ރަންވޭ މަގުގައި ހުރި ޓްރާންސް ފޯމަރު ގެއާއި ހަމައަށް) ރަންވޭ މަގުގެ އިރުމަތި ފަރާތް 15 ފޫޓު ފުޅާމިނަށް ހިމެނޭ ސަރަހައްދު.

 

                                    ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

     

 

02  ރަބީޢުލްއައްވަލު  1444

12  ސެޕްޓެމްބަރ   2022

28 ސެޕްޓެންބަރު 2022