ނީލަން
ނަންބަރު: (IUL)28-AD-2/1/2022/228
ޕަބްލިޝްކުރި ތާރީޚް: 28 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:45
ސުންގަޑި: 13 އޮކްޓޫބަރު 2022 10:00
މިނިސްޓްރީ އޮފް ޑިފެންސް
ދިވެހިރާއްޖެ
އެމް.އެން.ޑީ.އެފް ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމާއިގުޅޭ

އިޢުލާން

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގައި ހުރި ބައުވެ ހަލާކުވެފައިވާ ބައެއް ތަކެތި ނީލަން ކިޔުމަށް ކުރެވުނު ނަންބަރު (IUL)28-AD-2/1/2022/211 އިޢުލާނާއި ގުޅިގެންއެކަށީގެންވާ ތަރުހީބެއް ލިބިފައި ނުވާތީ އެތަކެތި ދެވަނަ ފަހަރަށް ނީލަން ކިޔުމަށް އިޢުލާނު ކުރީމެވެ. މި ނީލަމާގުޅޭ ތަފްޞީލު ތިރީގައި މިވަނީއެވެ.    

  1. ނީލަން ކިޔުމަށް ހަމަޖެހިފައިވާ ތަން: އެމް.އެން.ޑީ.އެފް ކަލާސީންކޮށި/ހުޅުމާލެ (ހުޅުމާލެ ފަޔަރ ސްޓޭޝަން)
  2. ނީލަންކިޔުމަށް ހަމަޖެހިފައިވާ ދުވަހާއި ގަޑި: 2022 އޮކްޓޫބަރު 13 ވަނަ ދުވަހުގެ 10:10 ގައި
  3. ނީލަންކިޔުމަށް ހަމަޖެހިފައިވާ އުޞޫލު: ދުވަހު ނީލަމުގައި
  4. މަޢުލޫމާތު ހޯދުމަށް ގުޅުއްވާނެ ފޯން ނަންބަރު: 9505090

މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު އެއްކަރުދާސް ކުރެވިފައިވާނެއެވެ. ނީލަމުގައި ބައިވެރިވެލެއްވުމަށް ވަޑައިގަންނަވާއިރު  ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންނަވަން ވާނެއެވެ.

ވީމާ، ޝައުގުވެރިވެލައްވާ ފަރާތްތަކުން މި ނީލަމުގައި ބައިވެރިވެލެއްވުން އެދި، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

28 ސެޕްޓެންބަރު 2022