| 
 މަޤާމު 
 | 
 އެޑްމިނިސްޓްރޭޓިވް އޮފިސަރ 
 | 
| 
 ބޭނުންވާ އަދަދު 
 | 
 01 
 | 
 މަޤާމުގެ ކްލެސިފިކޭޝަން : އޮފިސަރ ގްރޭޑް 1 
 | 
 ރޭންކް: ޖީ.އެސް. 3 
 | 
| 
 މުސާރަ 
 | 
 -/4465 (ހަތަރުހާސް ހަތަރުސަތޭކަ ފަސްދޮޅަސް ފަސްރުފިޔާ ) 
 | 
| 
 ސަރވިސް އެލަވަންސް 
 | 
 -/1500 (ފަނަރަސަތޭކަ ރުފިޔާ) 
 | 
| 
 ސެކްޝަން 
 | 
 ވ.ތިނަދޫ ޞިއްޙީމަރުކަޒު 
 | 
| 
 މަޤާމުގެ އަސާސީ ޝަރުޠު 
 | 
- އެޑްމިނިސްޓްރޭޝަން / މެނޭޖްމެންޓުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައި ވުމާއެކު، އެޑްމިނިސްޓްރޭޝަން/މެނޭޖްމެންޓުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
 
- ސާނަވީ އިމްތިޙާނަކުން 2 މައްދާއަކުން ދަށްވެގެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑަރީ ސްކޫލް ސެޓުފިކެޓު އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
 
  | 
| 
 ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް 
 | 
- ރަސްމީގަޑީގަޔާއި އެމަރޖެންސީތަކުގައި ހެލްތު ޕޯސްޓް ހުޅުވައި ބަންދުކުރުން.
 
- ދުވަހުން ދުވަހަށް ޔައުމިއްޔާލިޔެ، ވެރިއެއްގެ ސޮއިކުރުވައި ފައިލްކޮށް ބެލެހެއްޓުން. 
 
- މުވައްޒަފުންގެ ސަލާމާއި ޗުއްޓީގެ އެންމެހާ ކަންތައްތައް ބަލަހައްޓައި ރިކޯޑު ފައިލްކޮށް ބެލެހެއްޓުން.
 
- ހެލްތު ޕޯސްޓަށް ލިބޭ ހުރިހާ ލިޔުމެއްގެ އެންޓްރީ ދުވަހުން ދުވަހަށްނަގައި، ރިކޯޑު ބެލެހެއްޓުން.
 
- ހެލްތު ޕޯސްޓުން ލިޔަންޖެހޭ އެންމެހާ ލިޔުންތައް ( ސިޓީ، މެސެޖް ފަދަ ތަކެތި ) ލިޔެ، ވެރިއެއްގެ ސޮއިކުރުވައި ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
 
- ހެލްތު ޕޯސްޓުގެ ސްޓޮކް ބަލަހައްޓައި އަޕްޑޭޓް ކުރުން.
 
- ހެލްތު ޕޯސްޓުގެ އެންމެހާ ހަރުމުދަލުގެ އިންވެންޓްރީ ބަލަހައްޓައި އަޕްޑޭޓު ކުރުން.
 
- ހެލްތު ޕޯސްޓުގެ އިދާރީ ރިކޯޑުތަކަށް ބޭނުންވާ ފޮތްތަށް ނަމޫނާއާ އެއްގޮތަށް ހަދައި ބެލެހެއްޓުމާއި އަދި އިދާރީ ގޮތުން ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުން.
 
- ހެލްތު ޕޯސްޓްގެ ބަޖެޓާ ބެހޭ ހުރިހާ މަސައްކަތްތައް ކޮށް ރިކޯޑު ބެލެހެއްޓުން.
 
  | 
| 
 ޢިނާޔަތްތައް 
 | 
 ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސާއި އިތުރުގަޑީގައި މަސައްކަތް ކޮށްފިނަމަ އިތުރުގަޑީގެ ފައިސާ ހަމަޖައްސައިދެވޭނެއެވެ. 
 | 
| 
 ހުށަހަޅަންޖެހޭ ލިޔުންތައް 
 | 
- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު
 
- ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
 
- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ސީވީ)
 
- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
 
- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕް، ސެމިނަރ ފަދަ ތަމްރީނު ޕްރޮގުރާމުތަކުގެ ސެޓުފިކެޓު ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް
 
- މަސައްކަތުގެ ތަޖުރިބާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމުތަކާއި އެ މަޤާމުތައް އަދާކޮށްފައިވާ ތާރީޚުތައް އެގެން އޮންނަންވާނެއެވެ.)
 
  | 
| 
 ސުންގަޑި 
 | 
 12 ނޮވެންބަރު 2014 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން ވ.އަތޮޅު ހޮސްޕިޓަލަށް ނުވަތަ ތިނަދޫ ޞިޢްޙީ މަރުކަޒަށް. 
 | 
| 
 އިތުރު މަޢުލޫމާތު 
 | 
 މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަންބަރަކީ 6700029 އެވެ. ވަޒީފާއަށް އެދޭ ފޯމު ހޮސްޕިޓަލުންނާއި ތިނަދޫ ހެލްތު ޕޯސްޓުން ލިބެން ހުންނާނެއެވެ. 
 |