ދިވެހިރާއްޖެ
އިޢުލާން
މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ އެތެރޭގެ އިދާރީ ޚިދްމަތްތަކުގެ ސްޓޭންޑާރޑް އޮޕަރޭޓިންގ ޕްރޮސީޖިއާރސް (އެސް.އޯ.ޕީ) މެނުއަލް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.
ވީމާ، މި ޚިދުމަތް ފޯރުކޮށް ދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 4 ނޮވެންބަރު 2014 ވާ އަންގާރަ ދުވަހު 10:00ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ މީޓިންގ ރޫމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުމަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ދަޢުވަތު އަރުވަމެވެ. އަދި ބިޑް ހުށަހެޅުއްވޭނީ މަޢުލޫމާތު ސެޝަނުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށެވެ.
ބީލަން ބަލައިގަތުމާއި ބީލަން ހުޅުވުން އޮންނާނީ 10 ނޮވެންބަރު 2014 ވާ ހޯމަ ދުވަހު 11:00ގައި ވެލާނާގެ 11 ވަނަ ފަންގިފިލާގައި ހުންނަ މިމިނިސްޓްރީގެ މީޓިންގ ރޫމްގައެވެ. ދެންނެވިފައިވާ ގަޑިއަށް ހުރިހާ ބީލަންތަކެއް ހުށަހަޅުއްވަންވާނެއެވެ. ބީލަން ބަލައިގަތުމަށް ކަނޑއަޅާފައިވާ ސުންގަޑީގެ ކުރިން އަދި ފަހުން ހުށަހަޅާ ބީލަން ބަލައިނުގަނެވޭނެ ވާހަކަ ދަންނަވަމެވެ. އަދި ބީލަންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ، 3306696 އަށް ގުޅުއްވުމަށް އެދެމެވެ.
ބީލަމާބެހޭ އިތުރު މަޢުލޫމާތާއި ބިޑް ސަބްމިޝަން ފޯމު މިނިސްޓްރީގެ ވެބްސައިޓް www.trade.gov.mv އިން ޑައުންލޯޑްކުރެވޭނެއެވެ.
05 މުޙައްރަމް 1436