ވަޒީފާގެ ފުރުޞަތު
ނަންބަރު: IAS/MIS/2022-2248
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 16:43
ސުންގަޑި: 03 އޮކްޓޫބަރު 2022 14:00
އައިލެންޑް އޭވިއޭޝަން ސަރވިސަސް ލިމިޓެޑް
ދިވެހިރާއްޖެ
ޖޫނިއަރ އެއާރޕޯޓް ފަޔަރ ފައިޓަރ

ނަމްބަރު: IAS/MIS/2022-2248

ވަޒީފާގެ ފުރުޞަތު

އައިލެންޑް އޭވިއޭޝަން ސާރވިސަސް ލިމިޓެޑްގެ ފަރާތުން ހިންގާ ޅ. މަޑިވަރު އެއާރޕޯރޓްގައި ވަޒީފާ އަދާކުރެއްވުމަށް ޝައުގުވެރިވާ ޤާބިލް ދިވެހިންނަށް ތިރީގައި ބަޔާންކުރެވިފައިވާ ވަޒީފާގެ ފުރުސަތުަށް މަރްޙަބާ ދަންނަވަމެވެ.

ޖޫނިއަރ އެއާރޕޯޓް ފަޔަރ ފައިޓަރ  (ޖޮބް ރިފަރެންސް ނަމްބަރުJ/2022/118)

ކުރަންޖެހޭ މައިގަނޑު މަސައްކަތް: ކުންފުނީގެ ގަވާއިދު ތަކާ އެއްގޮތައް އެއާރޕޯޓްގެ ފަޔަރ ޑިޕާރޓްމަންގެ ވެހިކަލްތަކާއި ގެންގުޅޭ އެހެނިހެން ތަކެތި ގަވާއިދުން ސާފުކޮށް ބެލެހެއްޓުމާއި މަސައްކަތަށް އެކަށީގެންވާ ގޮތަށް ލީޑިން ފަޔަރމަންގެ އިރުޝާދުގެ މަތިން ތަރުތީބުކޮށް ބެލެހެއްޓުން.

ފެންވަރު ނުވަތަ ޝަރުތު:

 - ޖީސީއީ އޯ ލެވެލްގެ އިނގިރޭސި ނުވަތަ ހިސާބު ހިމެނޭގޮތަށް 3 މާއްދާއިން ދައްވެގެން ސީ ފާސް ލިބިފައިވުން.

- އިނގިރޭސި ބަހުން ރަނގަޅަށް ލިޔެ ކިޔަން އެނގުން.

- މިމަޤާމައް މީހުން ހޮވުމުގައި މިމަޤާމާއި ގުޅޭދާއިރާއަކުން އިތުރު ތަމްރީނެއް ނުވަތަ ސަނަދެއް ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

- މަގާމާއި ގުޅޭ މަސައްކަތުގައި މަދުވެގެން 5 އަހަރު ދުވަހުގެ ތަޖުރިބާހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

މި މަގާމަށް ހޮވޭފަރާތްތައް މަސައްކަތްކުރަންޖެހޭނީ ޅ. މަޑިވަރު އެއަރޕޯޓްގައެވެ. އަދި މިމަގާމަށް މީހުން ހޮވުމުގައި ގިނަވަގުތު މަސައްކަތުގައި އުޅެވޭނެ އަދި މީހުންނާ ގުޅިގެން އެކުގައި މަސައްކަތް ކުރެވޭނެ މީހުންނަށް އިސްކަންދެވޭނެއެވެ. ވީމާ، މިމަޤާމުތަކަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން އެޕްލިކޭޝަން ފޯމާއިއެކު ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާރޑްގެ ކޮޕީއާއި ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ، 03 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ. 

ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓް، އައިލެންޑް އޭވިއޭޝަން ހެޑް އޮފީސް

ދާރުލް ޢީމާން ބިލްޑިންގ 20345، މާލެ، ދިވެހިރާއްޖެ

ފޯން ނަމްބަރު: 3331292 / 3035419

އީމެއިލް: [email protected]

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯރމް މިކުންފުނީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެއެވެ. މި ކުންފުނީގެ ވެބްސައިޓް އެޑްރެހަކީ www.maldivian.aeroއެވެ. އަދި މި ވަޒީފާ އާއި ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ މިކުންފުނީގެ ހިއުމަން ރިސޯސަސް ޑިޕާރޓްމަންޓަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އަދި ޝަރުތުހަމަނުވާ އެޕްލިކޭޝަންސް ޑިސްކުއަލިފައި ވާނެވާހަކަ ދެންނެވީމެވެ. އަދި ބަޔާންކުރެވިފައިވާ ވަޒީފާއަށް ގުޅާނީ ހަމައެކަނި ޝޯރޓްލިސްޓެޑް ފަރާތްތަކަށް ކަމުގައިދެންނެވީމެވެ. 

26 ސެޕްޓެމްބަރ 2022މ.

30 ޞަފަރު 1443ހ.

 

26 ސެޕްޓެންބަރު 2022