މަސައްކަތް
ނަންބަރު: FNK-I/IUL/2022/524
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:20
ސުންގަޑި: 05 އޮކްޓޫބަރު 2022 15:00
ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސ.މަރަދޫފޭދޫގައި 3 ސޯލަރ ހަޓް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

އިޢުލާން ނަންބަރު:FNK-I/IUL/2022/524

އިޢުލާން

ސ.މަރަދޫފޭދޫގައި 3 ސޯލަރ ހަޓް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ:

 

      މިކުންފުނިން ދޭ ކުރެހުމާއި ބީ.އޯ.ކިޔު އަދި މަޢުލޫމާތާއި އެއްގޮތަށް ސ.މަރަދޫފޭދޫގައި 03 ސޯލަރ ހަޓް އަމިއްލަ ތަކެތީގައި އަޅައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނަށް ފުރިހަމަ ތަރުހީބު ލިބިފައިނުވާތީ އަލުން އެފުރުސަތު ހުޅުވާލީމެވެ.

 

ތާރީޚް

ވަގުތު

ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުން

28 ސެޕްޓެމްބަރ އިން 05 އޮކްޓޯބަރ 2022

08:00 އިން 15:00

މަޢުލޫމާތު ސާފުކުރެވޭ އެންމެފަހު ތާރީޚް (އީމެއިލްގެ ޒަރިއްޔާއިން)

04 އޮކްޓޯބަރ 2022

15:00 މެންދުރު

އަންދާސީ ހިސާބު ހުށަހެޅުން

06 އޮކްޓޯބަރ 2022

11:00 ހެނދުުނު

  

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން މަތީގައި ބަޔާންކުރެވިފައިވާ ތާވަލާއިއެއްގޮތަށް ރަޖިސްޓްރީ ކުރެއްވުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑްގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރެއްވުމަށް ތިރީގައިވާ ހުރިހާ މައުލޫމާތެއް ފުރިހަމަ ކުރެއްވުމަށްފަހުއީ-މެއިލް ކުރައްވާނީ [email protected]   އަށެވެ.

 

-          އިޢުލާން ނަންބަރ

-          ކުންފުނީގެ ނަން

-          ނަމާއި ފޯނު ނަންބަރ

މަތީގައިވާ މައުލޫމާތު ފުރިހަމަކުރެއްވުމަށްފަހު ފޮނުވާ އީމެއިލް ތަކަށް "ރެޖިސްޓްރޭޝަން ކޮންފޮމޭޝަން" އެއްގެ ގޮތުން މި ކުންފުނިން އީމެލް ކުރާނެ ވާހަކަދެއްނެވީމެވެ.

   

      ނޯޓް: ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކުގެ އަންދާސީ ހިސާބާއި ހަމަޖެހިފައިވާ ގަޑީގެ ފަހުން ހުށަހެޅޭ އަންދާސީ ހިސާބުތައް އަދި މި އިޢުލާނާ ގުޅިގެން ދޫކުރެވޭ މަޢުލޫމާތު ކަރުދާހުގައި ބަޔާންކޮށްފައިވާ ލިޔުންތައް ހުށަނާޅާ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ މައުލޫމާތަށްޓަކައި ދެންނެވީމެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް އަންދާސީ ހިސާބުތައް ބާޠިލް ކުރުމުގެ ފުރިހަމަ އިޚްތިޔާރު މި ކުންފުންޏަށް ލިބިގެންވެއެވެ. މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފު ކުރެއްވުމަށް އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

26 ސެޕްޓެންބަރު 2022