މަސައްކަތް
ނަންބަރު: (IUL) I 10/MHC/2022/03
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:08
ސުންގަޑި: 09 އޮކްޓޫބަރު 2022 13:00
އަރިއަތޮޅު ދެކުނުބުރީ މާމިގިލީ ޞިއްޙި މަރުކަޒު
ދިވެހިރާއްޖެ
އދ. މާމިގިލީ ޞިއްޙީމަރުކަޒު އިމަރޖެންސީރޫމްގެ ބޭރުއަސްކަނި ސީލިންގްކުރުމާ އެހެނިހެންބައެއް މަރާމާތު

އދ. މާމިގިލީ ޞިއްޙީމަރުކަޒު އިމަރޖެންސީރޫމްގެ ބޭރުއަސްކަނި ސީލިންގްކުރުމާ އެހެނިހެންބައެއް މަރާމާތު  ކޮށްދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ.

މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތައް 26 ސެޕްޓެންބަރު 2022 ވާ ހޯމަ ދުވަހުން ފެށިގެން 09 އޮކްޓޫބަރ 2022 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 13:00 ގެ ނިޔަލަށް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާ ރެޖިސްޓަރޭޝަން ޝީޓް ފުރިހަމަކުރެއްވުމަށްފަހު  [email protected] އަށް އީމެއިލް ކުރެއްވުމަށް ދަންނަވަމެވެ.

މިއިއުލާނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންވެލައްވާނަމަ 09 އޮކްޓޫބަރު 2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 10:00 ގެ ކުރިން[email protected]  އަށް މެއިލްކޮށްދެއްވުން އެދެމެވެ.  އަދި ޕްރީބިޑް މީޓިންގްއެއް 09 އޮކްޓޫބަރު  2022 ވާ އާދިއްތަ ދުވަހުގެ ހެނދުނު 11:00 ގައި އދ. މާމިގިލީ ޞިއްޙީމަރުކަޒުގައި އޮންނާނެއެވެ.

އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ 10 އޮކްޓޫބަރު 2022 ވާ ހޯމަ ދުވަހުގެ ހެނދުނު 11:00 ގައި އދ. މާމިގިލީ ޞިއްޙީމަރުކަޒު ގައެވެ. އަދި ރެޖިސްޓަރ ކުރައްވާފައިނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. މިއިޢުލާނާއި ގުޅޭ މައުލޫމާތު ކަރުދާސް، މި އިޢުލާނާއި  އެޓޭޗްކުރެވިފައިވާނެއެވެ.

26 ސެޕްޓެންބަރު 2022