މަސައްކަތް
ނަންބަރު: GRH/IU/2022/23
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:18
ސުންގަޑި: 02 އޮކްޓޫބަރު 2022 11:00
ގަން ރީޖަނަލް ހޮސްޕިޓަލް
ދިވެހިރާއްޖެ
(ކޯޓޭޝަން ހުށަހެޅުމުގެ ދައުވަތު) ލެބޯރެޓަރީގެ ޙިދުމަތް ލިބެންނެތް ރަށްރަށުން ލެބޯރެޓަރީހުރި ރަށްރަށަށް ސާމްޕަލް ގެންގޮސްދޭނެ ފަރާތެއް ހޯދުން

ލ. މުންޑޫ ސިއްޙީ މަރުކަޒުން ނަގާ ސާމްޕަލްތައް، ލ. މާބައިދޫ ސިއްޙީ މަރުކަޒަކަށް ގެންގޮސްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ. މިމަސައްކަތް ހަވާލުކުރެވޭނީ 1 (އެކެއް) އަހަރު ދުވަހުގެ މުއްދަތަށެވެ. މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/18) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 2014/19) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

މިމަސައްކަތާއި ގުޅޭ މަޢުލޫމާތު ޝީޓާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމް މި އިޢުލާނާއިއެކު އެއްކަރުދާސް ކުރެވިފައިވާނެއެވެ. އަދި މިއިދާރާގެ ކައުންޓަރުންވެސް ލިބެން ހުންނާނެއެވެ. އަންދާސީ ހިސާބު ފޮނުއްވާނީ  02 އޮކްޓޫބަރު 2022 ވާ އާދީއްތަ ދުވަހުގެ 11:00 ގެ ކުރިން މިހޮސްޕިޓަލްގެ މެއިލް [email protected] އަށެވެ.

ވީމާ، މިމަސައްކަތް ކޮށްދިނުމަށް ޝަޢުޤުވެރިވެ ވަޑައިގަންނަވާ ފަރާތްތަކުން މަތީގައި ދެންނެވިފައިވާ ގަޑީގެ ކުރިން މެއިލް މެދުވެރިކޮށް އަންދާސީ ހިސާބު ފޮނުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި މިއިދާރާގެ ނަންބަރު 6809003 އަށް ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

26 ސެޕްޓެންބަރު 2022