ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)416-ESMPL/416/2022/116
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި: 04 އޮކްޓޫބަރު 2022 12:00
ހުވަދުއަތޮޅު ދެކުނުބުރީ މަޑަވެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ. މަޑަވެއްޔަށް އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ސަރުކާރުން ދިން ފައިސާގެ އެހީ ދޫކުރުމާއި ގުޅޭ

ގދ. މަޑަވެއްޔަށް އުދައެރުމުގެ ސަބަބުން ލިބުނު ގެއްލުންތަކަށް ސަރުކާރުން ދިން ފައިސާގެ އެހީ ދޫކުރުމާއި ގުޅޭ

 

2022 ޖުލައި މަހުގައި ގދ. މަޑަވެއްޔަށް އުދައަރައި ލިބުނު ގެއްލުންތަކަށް ބަލައި، ސަރުކާރުން ފައިސާ އެހީ ދިނުމަށް ނިންމި ފަރާތްތަކަށް (ލިސްޓްގައި ފައިސާގެ އެހީ ލިބޭނެ ކަމަށް ބަޔާންކޮށްފައިވާ ފަރާތްތަށް) ފައިސާގެ އެހީ ދިނުމުގެ ގޮތުން "ގޭބިސީ ވެރިފަރާތް ކަށަވަރުކުރާ ފޯމް" އެއް ފުރުމަށް ވަނީ ހަމަޖެހިފައެވެ.

އެހެންކަމުން "ގޭބިސީ ވެރިފަރާތް ކަށަވަރުކުރާ ފޯމް" ފުރުން 28 ސެޕްޓެމްބަރ 2022 ން ފެށިގެން 04 އޮކްޓޯބަރ 2022 ގެ ނިޔަލަށް ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 10:00 އިން 12:00 އަށް ކައުންސިލް އިދާރާގެ ހޯލުގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ދީފައިވާ އެހީ ދިނުމަށް ހަމަޖެހިފައިވަނީ ފޯމް ފުރާފައިވާ ފަރާތްތަކަށް ކަމަށްވާތީ، މަތީގައި ބަޔާން ކުރެވިފައިވާ ފޯމް ފުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވުމަށް އެދި ދެންނެވީމެވެ.

26 ސެޕްޓެންބަރު 2022