ބީލަން
ނަންބަރު: GS66/IUL/2022/31
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:28
ސުންގަޑި:
06 އޮކްޓޫބަރު 2022 12:30
ތޮއްޑޫ ސްކޫލް
ދިވެހިރާއްޖެ
ދިވެހިރާއްޖެ
ތޮއްޑޫ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއްހޯދުން (2 ވަނަ އިޢުލާން)
އއ.ތޮއްޑޫ
ދިވެހިރާއްޖެ ނަންބަރ: GS66/IUL/2022/31
އިޢުލާން
ތޮއްޑޫ ސްކޫލްގެ އެކްޓިވިޓީ ޔުނީފޯމް ފަހައިދޭނެ ފަރާތެއްހޯދުން (2 ވަނަ އިޢުލާން)
ބީލަން ހުށަހެޅުމުގެ ދައުވަތު
- މި ސްކޫލްގެ ނަންބަރު GS66/IUL/2022/30 19)ސެޕްޓެމްބަރ 2022) ޢިޢުލާނުގައި މަޢުލޫމާތު ފުރިހަމަ ނުވާތީ އެ އިޢުލާން ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމުގައި ބައިވެރިވެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައް ނުވަތަ އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތައްކަމުގައި ދެންނެވީމެވެ.
- ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، ބީލަންހުށަހެޅުމަށް ރަޖިސްޓަރީ ވުމަށް، 2022 ސެޕްޓެމްބަރ 26 އިން 2022 އޮކްޓޯބަރ 06 އަށް ބަންދުނޫން ކޮންމެ ދުވަހަކު 9:30 އިން 12:30 އަށް މިސްކޫލަށް ވަޑައިގެން ނުވަތަ އީމެއިލް މެދުވެރިކޮށް އިޢުލާނާއިއެކު އެޓޭޗުކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމު ފުރުއްވައި މިއިދާރާއަށް ހުށައެލުއްވުން އެދެމެވެ.ބީލަން ހުށަހެޅުމަށް ރަޖިސްޓަރީ ނުވާފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ނޯންނާނެ ވާހަކަ ދެންނެވީމެވެ.
- މި ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2022 އޮކްޓޯބަރ 06 ވާ ބުރާސްފަތި ދުވަހުގެ 12:30 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ނުވަތަ މެއިލް މެދުވެރިކޮށް ފޮނުއްވުންއެދެމެވެ.
- މި ބީލަމާއި ބެހޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 2022 އޮކްޓޯބަރ 10 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- ބީލަން ހުޅުވުން އޮންނާނީ 2022އޮކްޓޯބަރ 17 ވާ ހޯމަ ދުވަހުގެ 11:00 ގައި މިސްކޫލްގައެވެ.
- މި ޕްރޮޖެކްޓްގެ ބިޑު ސެކިއުރިޓީގެ ގޮތުގައި /-5,000 (ފަސްހާސް) ދިވެހި ރުފިޔާ ހުށަހަޅަންވާނެއެވެ. ބިޑު ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން 30 ދުވަހެވެ.
- އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
ނަން: ތޮއްޑޫ ސްކޫލް
ފޯން: 6660819
އީ-މެއިލް: [email protected]
30 ޟަފަރު 1444
26 ސެޕްޓެމްބަރ 2022
26 ސެޕްޓެންބަރު 2022