ވަޒީފާގެ ފުރުޞަތު
ނަންބަރު: (IUL)221-HRS/221/2022/98
ޕަބްލިޝްކުރި ތާރީޚް: 26 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 10:53
ސުންގަޑި: 04 އޮކްޓޫބަރު 2022 14:30
ލޯކަލް ގަވަރންމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
އެސިސްޓެންޓް ޕްރޮޖެކްޓްސް އޮފިސަރ

މި އޮތޯރިޓީގެ ނަންބަރު IUL)221-HRS/221/2022/89) އިއުލާނާއި ގުޅިގެން އިންޓަވިއު ކުރެވުނު ފަރާތްތަކުގެ ތެރެއިން އެއްވެސް ފަރާތަކަށް ޖުމްލަ 50 އިންސައްތަ ލިބިފައިނުވާތީ، މިމަޤާމަށް އަލުން އިއުލާނުކުރަމެވެ.  

މަޤާމް: 

 އެސިސްޓެންޓް ޕްރޮޖެކްޓްސް އޮފިސަރ

ބޭނުންވާ ޢަދަދު:

 01

މަޤާމުގެ ކްލެސިފިކޭޝަން: 

 އޮފިސަރ ގްރޭޑް 2

މަޤާމުގެ ރޭންކް:

 ޖީ.އެސް.4

މަޤާމުގެ ގިންތި:

 ދާއިމީ

ވަޒިފާއަދާ ކުރަންޖެހޭ ތަން:

 އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވީސް ސެކްޝަން - ލޯކަލް ގަވަރމަންޓް އޮތޯރިޓީ / މާލެ

އަސާސީ މުސާރަ: 

 5,020.00ރ

ސަރވިސް އެލަވަންސް:

 1,500.00 ރ

އެހެނިހެން އެލަވަންސް: 

 އެކްސްކްލޫސިވް ޖޮބް އެލަވަންސް:

 އަސާސީ މުސާރައިގެ 35% (ތިރީސް ފަސް އިންސައްތަ)

 ލިވިންގ އެލަވަންސް:

 3,000.00ރ (ޕްރޮބޭޝަނަށް ފަހު)

 ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ ލިބިގެންދާނެއެވެ.

މަޤާމުގެ އަސާސީ ޝަރުތު:

 

 މަޤާމުގެ މަސްއޫލިއްޔަތާއި ގުޅޭދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4ގެ ސަނަދެއް ހާސިލުކޮށްފައިވުމާއިއެކު ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

 ނުވަތަ

 މަތީ ސާނަވީ އިމްތިހާނަކުން 2 މާއްދާއިން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ދައްވެގެން ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުން.

 ނުވަތަ

 ސާނަވީ އިމްތިހާނަކުން 3 މާއްދާއިން  ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއިއެކު، ސާނަވީ އިމްތިހާނުން "ދިވެހި" މި މާއްދާއިން "ސީ" ނުވަތަ އެއަށްވުރެ މަތީ ގްރޭޑް ލިބިފައިވުމާއިއެކު، މަޤާމުގެ މަސައްކަތާއި  ގުޅުންހުރި ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

 

އެހެނިހެން މަޢުލޫމާތު:

މަޤާމުގެމަސްއޫލިއްޔަތާއި ގުޅޭދާއިރާތައް:

  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • އެޑްމިނިސްޓްރޭޝަން

ތަޢުލީމީ ރޮނގުތައް:

  • ޕްރޮޖެކްޓް މެނޭޖްމަންޓް
  • ބިޒްނަސް މެނޭޖްމަންޓް
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދަކީ މޯލްޑިވްސް ނޭޝަނަލް ކޮލިފިކޭޝަން ފްރޭމްވޯކްގެ (އެމް.އެން.ކިއު.އެފް) ލެވެލް 5 ގެ ސަނަދެވެ. އަދި ލެވެލް 6 ން ފެށިގެން މަތީ ސަނަދުތައް މި މަޤާމަށް އޯވަރކޮލިފައިޑް ކަމަށް ބެލެވޭނެއެވެ.
  • މި މަޤާމަށް މީހަކު ހޮވުމުގައި ބަލާނެ އެންމެ މަތީ ސަނަދު އޮތްކަމުގައި ވީނަމަވެސް މި މަޤާމުގެ އަސާސީ ޝަރުތެއް ފުރިހަމަ ނުވާނަމަ މަޤާމަށް ޑިސްކޮލިފައި ކުރެވޭނެއެވެ. 
  • މަޤާމުގެ ދާއިރާތަކާއި އެމީހެއްގެ ތައުލީމީ ސެޓްފިކެޓްތައް ގުޅޭތޯ ބެލުމުގައި ސެޓްފިކެޓްގެ ނަމާއި މަޤާމުގެ މަސައްކަތާއި ގުޅޭކަން ސާފުކޮށް ކަނޑައަޅަން ދަތިވާ ހާލަތުގައި، ކޯހުގެ ނަމަށް ބެލުމުގެ ބަދަލުގައި ބަލާނީ އެމީހަކު ކޯހުގައި ފުރިހަމަ ކުރި މޮޑިއުލްތަކުގެ ގޮތުގައި ޓްރާންސްކްރިޕްޓުގައި ބަޔާންކޮށްފައިވާ މޮޑިއުލްތަކަށެވެ. މިގޮތުން ކޯހުގައި ކިޔަވާފައިވާ މޮޑިއުލްތަކުގެ 30 އިންސައްތަ މޮޑިއުލްއަކީ މަދުވެގެން މަޤާމުގެ މަސައްކަތާ ގުޅޭ މޮޑިއުލްތަކަކަށް ވާންވާނެއެވެ. މަޤާމުގެ މަސައްކަތާއި ގުޅޭ މޮޑުއުލްތަކުގެ އަދަދު 30 އިންސައްތައަށްވުރެ މަދުވާނަމަ އެ ކޯހަކީ މަޤާމާއި ގުޅޭ ސެޓްފިކެޓެއް ކަމަށް ނުބެލޭނެއެވެ.
  • ވަޒީފާއަށް ނެގޭ މުވައްޒަފުގެ ފުރަތަމަ 3 (ތިނެއް) މަސްދުވަހަކީ ޕްރޮބޭޝަންގެ މުއްދަތެވެ

 

 މަޤާމުގެ މައިގަނޑު  މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

  1. އެލް.ޖީ.އޭ ގެ ޕީ.އެސް.އައި.ޕީ ބަޖެޓްގައި ހިމެނުމަށް ބޭނުންވާ މަޝްރޫޢުތައް ފޮނުވުމަށް ކައުންސިލްތަކަށް އެންގުމާއި ކައުންސިލުތަކުން ފޮނުވާ މަޝްރޫޢުތަކާއި އޮތޯރިޓީގެ ބޭނުމަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ މަޢުލޫމާތު ހޯދާ ކޮންޕައިލްކޮށް، ލަފާކުރާ ބަޖެޓްގައި ހިމެނުމަށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.
  2. ޕީ.އެސް.އައި.ޕީ ގައި މަޝްރޫޢުތައް ހިމެނުމަށް ދޭ ފުރުސަތުގެ އިތުރުން ކައުންސިލްތަކުން ފޮނުވާ، އޮތޯރިޓީން ބަލަހައްޓާ ދާއިރާތަކާއި ގުޅުންހުރި، މަޝްރޫޢުތަކުގެ ދަފުތަރެއް އެކުލަވާލާ ބެލެހެއްޓުމާއި އެ މަޝްރޫޢުތަކުގެ ތެރެއިން ކުރިޔަށް އޮތް އަހަރުގެ ބަޖެޓްގައި ހިމެނުމަށް ފޮނުވާނެ މަޝްރޫޢުތައް ކަނޑައަޅާ ބަޖެޓްގައި ހިމެނުމަށް ފޮނުވުން.
  3. އެލް.ޖީ.އޭ އިން ކުރިޔަށްގެންދާ މަޝްރޫޢުތަކާއި ގުޅިގެން އޮތޯރިޓީއަށް ލިބޭ ބިލްތަކަށް ފައިސާ ދެއްކުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް، ކައުންސިލްތަކުން ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދާ ކަމާބެހޭ ޔުނިޓްތަކާއި ހަވާލުކުރުން.
  4. އެލް.ޖީ.އޭ އިން ކުރިޔަށްގެންދާ މަޝްރޫޢުތަކާއި ގުޅިގެން މަޝްރޫޢުގެ މެނޭޖަރުގެ ހައިސިއްޔަތުން އޮތޯރިޓީން ދޭންޖެހޭ ހުއްދަތަކާއި މުއްދަތު އިތުރުކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކޮށް އެ ހުއްދަތަކާއި ވޭރިއޭޝަންތައް އެޕްރޫވްކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުން.
  5. ކައުންސިލްތަކާއި ހަވާލުކުރެވޭ އަދި ކައުންސިލްތަކުން ހިންގާ މަޝްރޫޢުތައް ކުރިޔަށްގެންދިއުމުގައި ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.
  6. އެލް.ޖީ.އޭ އިން ހިންގާ އެންމެހާ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބަލާ މޮނިޓަރކޮށް ރިޕޯޓްކުރަންޖެހޭ ފަރާތްތަކަށް ތަފްޞީލް ރިޕޯޓް ފޮނުވުން.
  7. ޕްރޮކިއުމަންޓް އަދި އެޑްމިނިސްޓްރޭޝަން ސެކްޝަންގެ މަސައްކަތްތަކުގައި އެހީތެރިވެދިނުން
  8. ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް އޮފީސް ހުޅުވާ ލެއްޕުން.
  9. މިނޫންވެސް އޮފީހުން ހަވާލުކުރާ އޮފީހާ ގުޅުން ހުރި ރަސްމީ މަސައްކަތްތައް ކުރުން.

 

 ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، (މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް)
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓްތަކާއި، އެސެޓްފިކެޓްތަކުގެ ޓްރާންސްކްރިޕްޓް ކޮޕީ
  5. ލިބިފައިވާ ކުރު މުއްދަތު ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.
  6. ތަޖުރިބާ ދަލީލުކޮށްދޭ ލިޔުމުގެ ކޮޕީ

ނޯޓް:

  • ރާއްޖޭގައި ހިންގާ ތައުލީމުދޭ މަރުކަޒަކުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ކޯހެއް ފުރިހަމަކޮށްފައިވާނަމަ ސެޓްފިކެޓްގެ ކޮޕީގައި އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއެއްގެ ކޯހެއްނަމަ މޯލްޑިވްސް ކޮލޮފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކުރިކަމުގެ ތައްގަނޑު ނުވަތަ އެކޯހެއް ޤަބޫލުކުރާކަމުގެ ލިޔުން ހުށަހަޅަންވާނެއެވެ.
  • ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ހުށަހަޅާއިރު އަސްލާ އެއްގޮތްކަން އެނގޭނެ ތައްގަނޑު އޮތުން ލާޒިމެއްނޫނެވެ. ނަމަވެސް ޝޯޓް ލިސްޓްވާ ފަރާތްތަކުން އިންޓަވިއުއަށް ހާޒިރުވާއިރު ހުށަހެޅި ލިޔުންތަކުގެ އަސްލު އޮތޯރިޓީއަށް ގެންނަންވާނެއެވެ.
  • ތަޖްރިބާ ދަލީލުކޮށްދޭ ލިޔުމުގައި އަދާކުރި/ކުރާ މަޤާމުގެ ނަން، މަޤާމުގެ މުއްދަތު، ވަޒިފާ އަދާކުރި ތަނުގެ އެޑްރެސް، އިސްވެރިއެއްގެ ސޮއިއާއި އޮފީހުގެ ތައްގަނޑު އޮންނަންވާނެއެވެ. އަދި އަމިއްލަ ކުންފުންޏެއްނަމަ މި މަޢުލޫމާތުގެ އިތުރުން ތަނުގެ މުވައްޒަފުންގެ އަދަދު ހިމަނަންވާނެއެވެ.

 މަޤާމަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލޭނެ ކަންތައްތައް:

  • މަޤާމަށް މީހަކު ނެގުމަށް ޕޮއިންޓް ދިނުމުގައި މިދާއިރާގައި މަސައްކަތްކޮށް ތަޖްރިބާ ލިބިފައިވާ ފަރާތަކަށާއި، ދިވެހިބަހާއި އިނގިރޭސިބަހުން ފަރިތަކަމާއިއެކު މުޢާމަލާތްކުރުމުގެ ހުނަރު ލިބިފައިވާ، އަދި ބޭނުންވެއްޖެ ޙާލަތެއްގައި ރާއްޖޭގެ ރަށްރަށާއި ރާއްޖެއިން ބޭރަށް ކުރަންޖެހޭ ދަތުރުތައް ކުރެވޭ މީހަކަށް އިސްކަންދެވޭނެއެވެ.
  • ތަޢުލީމާއި ތަމްރީން: %40
  • މަސައްކަތު ތަޖުރިބާ: % 12
  • ހުނަރު (އިންޓަވިއު، އިމްތިޙާން/ޕްރެޒެންޓޭޝަން): %48 
  • މަޤާމަށް ކުރިމަތިލާފައިވާ ފަރާތްތަކުން ވަޒީފާއަށް އެންމެ ޤާބިލު ފަރާތްކަމުގައި ބެލެވޭނީ، ލިބިފައިވާ ތައުލީމާއި، ތަޖުރިބާ އަދި ހުނަރު މި 3 ބައި އެއްކޮށްލުމުން 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ޖުމްލަ މާރކްސް ލިބިފައިވުމާއިއެކު 'ހުނަރު' މިބަޔަށް ކަނޑައަޅާފައިވާ ޕޮއިންޓުގެ 50 އިންސައްތަ ނުވަތަ އެއަށްވުރެ މަތިން ލިބުމުންނެވެ.

 މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

  • މި މަޤާމަށް ޝައުޤުވެރިވާ ފަރާތްތަކުން 04 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިން ވަޒިފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް މި އޮތޯރިޓީއަށް ހުށަހެޅުއްވުން އެދެމެވެ. އީމެއިލް މެދުވެރިކޮށް ފޯމު ހުށަހަޅުއްވާ ފަރާތްތަކުން [email protected] މެދުވެރިކޮށް ފޯމު ހުށަހެޅިދާނެއެވެ. އަދި އީމެއިލް މި އޮތޯރިޓީއަށް ލިބުނުކަން ކަށަވަރު ކުރުމަކީ ފޯމު ހުށަހަޅާފަރާތުގެ ޒިންމާއެކެވެ.
  • އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

 އިތުރު މަޢުލޫމާތު:

  • ވަޒީފާއަށް އެދޭ ފޯމު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 08:00 އިން 15:00 އަށް ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެޓޯލް ޕޯސްޓް ބިލްޑިން، ގްރައުންޑު ފްލޯ) އިން ލިބެން ހުންނާނެއެވެ. އަދި މި އޮތޯރިޓީގެ ވެބްސައިޓް www.lga.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.
  • މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން އަސާސީ ޝަރުތު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަކަށްވުރެ ގިނަ ނަމަ އިންޓަވިއު ކުރެވޭނީ ޝޯޓްލިސްޓް ކުރެވޭ 10 ފަރާތަކާއިއެވެ.
  •  ކަނޑައެޅިފައިވާ ސުންގަޑީގެ ފަހުން ހުށަހަޅާ ފޯމުތަކާއި، މައުލޫމާތު ސައްޙަނޫން ފޯމުތައް ބާތިލުކުރެވޭނެއެވެ.
  • އިތުރު މައުލޫމާތު ހޯއްދެވުމަށް މި އޮތޯރިޓީގެ ނަންބަރު 3013100 ފޯނަށް ގުޅުއްވުން އެދެމެވެ.
26 ސެޕްޓެންބަރު 2022