ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)425-CB/1/2022/258
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 15:42
ސުންގަޑި: 15 އޮކްޓޫބަރު 2022 14:00
މާލޭ ސިޓީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
"ގެދޮރުވެރިޔާ" އަދި "ބިންވެރިޔާ" ޕްރޮގްރާމް ދަށުން ހުށަހަޅަންޖެހޭ ފޯމު ފުރުމުގައި މާލޭ ސިޓީކައުންސިލުން އެހީތެރިކަން ފޯރުކޮށްދިނުން

މާލެ ސަރަހައްދުން ދޫކުރާ ގޯއްޗާއި ފްލެޓަށް އެދި ކުރިމަތިލުމަށް ހުޅުވާލެވިފައިވާ މުއްދަތު 15 އޮކްޓޯބަރ 2022ގެ ނިޔަލަށް އިތުރު ކުރުމާއި ގުޅިގެން  ފޯމުލުމަށް ބޭނުންވާ ފަރާތްތަކަށް ކުރިއެކޭ ވެސް އެއްގޮތަށް ފޯމު ފުރުމުގައި މި ކައުންސިލުން އެހީތެރިކަން ފޯރުކޮށްދޭނެ ވާހަކަ ދެންނެވީމެވެ. ފޯމު ފުރުމުގައި އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން މޭޒުތައް ބެހެއްޓިފައި ހުންނާނީ މި ކައުންސިލްގެ އާއްމު ޚިދުމަތްތަކާއި ބެހޭ ބައިގައި (ތައިސޭކޮށިގައި) އަދި މި ކައުންސިލްގެ މާފަންނު އޮފީހުގައެވެ.

ވީމާ، ފޯމުތައް ބަލައިގަތުމަށް ކަނޑައެޅިފައިވާ ސުންގަޑި ހަމަވުމާއި ހަމައަށް  މަތީގައި ދެންނެވިފައިވާ  ދެ ތަނުގައި ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 8:30 ން ފެށިގެން މެންދުރު 14:00 އާ ދެމެދު އަދި ރޭގަނޑު 20:00 ފެށިގެން 22:00 އާ ހަމައަށް ފޯމް ފުރުމާއި ހުށަހެޅުމަށް އެހީތެރިކަން ފޯރުކޮށްދެމުންދާނެ ވާހަކަ އާންމުންގެ މައުލޫމާތަށްޓަކައި އިޢުލާނުކޮށް ދަންނަވަމެވެ.

25 ސެޕްޓެންބަރު 2022