މަސައްކަތް
ނަންބަރު: (IUL)267-A/267/2022/58
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 13:44
ސުންގަޑި: 19 އޮކްޓޫބަރު 2022 13:00
ތިލަދުންމަތީ ދެކުނުބުރީ ކުމުންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސަޤާފީ ތަރިކައިގެ ވަޤުތީ ލިސްޓުގައި ހިމެނިފައިވާ ކުމުންދޫ ޢީދު މިސްކިތް މަރާމާތުކުރުމާއި ގުޅޭ

އިއުލާން

ސަޤާފީ ތަރިކައިގެ ވަޤުތީ ލިސްޓުގައި ހިމެނިފައިވާ ކުމުންދޫ ޢީދު މިސްކިތް މަރާމާތުކުރުމާއި ގުޅޭ

                   ސަޤާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން އާންމުކޮށްފައިވާ ސަޤާފީ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނިފައިވާ ކުމުންދޫ ޢީދު މިސްކިތް މިކައުންސިލުންދޭ މަޢުލޫމާތާއި އެއްގޮތައް މަރަމާތުކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި ނަންބަރު:  (IUL)267-A/267/2022/56އަށް އެކަށީގެންވާ ތަރުޙީބެއްލިބިފައިނުވާތީވެ، އަލުން އިޢުލާން ކުރަމެވެ.

                     އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން ބިޑްގައި ރަޖިސްޓްރީވުމަށް މިކަމަށް ޚާއްޞަ ކުރެވިފައިވާ ރަޖިސްޓްރޭޝަން ފޯމް ފުރިހަމަކޮށް ރަޖިސްޓްރީކުރުމަށް ކަނޑައެޅިފައިވާ މުއްދަތުގައި މިކައުންސިލްގެ މެއިލް [email protected]  އަށް މެއިލްކުރެވުންއެދެމެވެ. ރަޖިސްޓްރޭޝަން ފޯމް މި އިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

ތަފްސީލް

ތާރީޚް

ގަޑި

ރަޖިސްޓަރ ވުމުގެ ސުން ގަޑި

05 އޮކްޓޫބަރ 2022 (ބުދަ)

13:00

މައުލޫމާތު ދިނުން

06 އޮކްޓޫބަރ 2022 (ބުރާސްފަތި)

13:00

އަންދާސީ ހިސާބު ހުށަހެޅުން

19 އޮކްޓޫބަރ 2022 (ހޯމަ)

13:00

 

                 މަޢުލޫމާތު ދިނުމާއި އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ކުމުންދޫ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގައެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު އެރުވެން ނޯންނާނެވާހަކަ ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރުމާއި އަންދާސީ ހިސާބް ހުށަހެޅުމުގައި ބައިވެރިވެވޭނީ ބިޑްގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ވަޑައިގަންނަވާ ކޮންމެ ފަރާތަކަށްވެސް ހުށަހެޅުއްވެވޭނީ އެއް އަންދާސީ ހިސާބެވެ. އަންދާސީ ހިސާބު ހުށަހެޅުއްވެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.

                   މިހެންވެ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.        

                     29    ޞަފަރު    1444ހ

                      25  ސެޕްޓެމްބަރ   2022މ

25 ސެޕްޓެންބަރު 2022