މަސައްކަތް
ނަންބަރު: (IUL)168-CA/1/2014/50
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:42
ސުންގަޑި: 09 ނޮވެންބަރު 2014 13:00
ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

މި ކޮމިޝަންގެ ނަންބަރު IUL)168-CA/1/2014/49) އިޢުލާނާ ގުޅިގެން އެކަށީގެންވާ އަދަދަކަށް އަންދާސީހިސާބު ހުށަހެޅުއްވުމަށް ވަޑައިގެންފައިނުވާތީ، މި އިޢުލާނު ބާޠިލުކުރަމެވެ.

އަދި، މި ކޮމިޝަންގެ ފަރާތުން އައްޑޫސިޓީ ހިތަދޫގައި ހުޅުވުމަށް ހަމަޖެހިފައިވާ ސަދަރން ރީޖަނަލް އޮފީހުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ. ސެކިއުރިޓީ ބަލަހައްޓަންޖެހޭނީ ރަސްމީ ބަންދު ދުވަސްތަކުގައި 24 ގަޑިއިރު އަދި ރަސްމީ ދުވަސްތަކުގެ މެންދުރު ފަހުގެ 3:00 އިން ފެށިގެން ހެނދުނު 8:00 އަށެވެ.

ވީމާ، ސެކިއުރިޓީ ބަލަހައްޓައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 9 ނޮވެންބަރު 2014 ވާ އާދީއްތަ ދުވަހުގެ 13:00 އަށް މިކޮމިޝަންގެ ސަދަރން ރީޖަނަލް އޮފީސް (ސިލްވަރލޭކް، ސ. ހިތަދޫ) އަށް ވަޑައިގެން އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ.

4 މުޙައްރަމް 1436

28 އޮކްޓޫބަރު 2014