މަސައްކަތް
ނަންބަރު: (IUL)320-FNP/320/2022/120
ޕަބްލިޝްކުރި ތާރީޚް: 25 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 11:53
ސުންގަޑި: 06 އޮކްޓޫބަރު 2022 10:00
މާޅޮސްމަޑުލު ދެކުނުބުރީ އޭދަފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފެރީޓާރމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ކުރުމާއި ބެހޭ

އިޢުލާން

 

ފެރީޓާރމިނަލްގެ ނުނިމި ހުރި މަސައްކަތްތައް ކުރުމާއި ބެހޭ

            ބ.އޭދަފުށީ ފެރީޓާރމިނަލް އިމާރާތުގެ ނުނިމިހުރި މަސައްކަތްތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

ބީލަމުގައި ރަޖިސްޓްރީވުން:

ބީލަން ހުށަހެޅުއްވުމަށް ބޭނުންވާ ފަރާތްތަކުން 26 ސެޕްޓެމްބަރ 2022 ވާ ހޯމަ ދުވަހުގެ 10:00 ން ފެށިގެން 05 އޮކްޓޯބަރ 2022 ވާ (ބުދަ) ދުވަހުގެ 12:00 އާއި ދެމެދު މިއިދާރާގެ މެއިލް އެޑްރެހަށް (([email protected] ރިކުއެސްޓްކޮށް ،ބިޑް ގައި ބައިވެރިވާން ބޭނުންވާ ފަރާތުގެ ތަފްސީލާއިއެކު (ވިޔަފާރީގެ ނަން/ރަޖިސްޓްރީ ނަމްބަރ/ފޯން ނަންބަރު/ އީމެއިލް އެޑްރެސް) އިޢުލާން ނަންބަރާއި އެކު މެއިލްކޮށްދެއްވުން އެދެމެވެ.

މި ބީލަމާގުޅޭގޮތުން ތައްޔާރުކުރެވިފައިވާ އެންމެހައި ލިޔެކިޔުންތައް ބީލަމަށް ރަޖިސްޓްރީކުރެވޭ ފަރާތްތަކުގެ އީމެއިލްއަށް ފޮނުވޭނެއެވެ.

މަޢުލޫމާތު ދިނުން

ބީލަންވެރިންނަށް މަޢުލުމާތު ދިނުން އޮންނާނީ 06 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 10:00ގައި މި އިދާރާގެ މީޓިންގ ރޫމްގައެވެ. އަދި މިބައްދަލުވުމުގައި ބައިވެރިވެވޭނީ ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކެވެ. މިމަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބީލަމުގައި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކުން ބައިވެރިވާންވާނެއެވެ. މަޢުލޫމާތު ދިނުމުގެ ސެޝަނުގައި ބީލަމާއި ގުޅިގެން ސަމާލުކަން ދޭންވީ ކަންކަން ހިއްސާ ކުރުމާއި ބީލަންވެރިންގެ ސުވާލުތަކަށް ޖަވާބު ދިނުން އޮންނާނެއެވެ.

ބީލަމާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ މިކައުންސިލްގެ [email protected] އީމެއިލް އެޑްރެހަށެވެ.

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން

ބީލަން ހުށަހެޅުމާއި ބީލަން ހުޅުވުން އޮންނާނީ 13 އޮކްޓޯބަރ 2022 ވަނަ ދުވަހުގެ 13:00 ގައި މި އިދާރާގެ މީޓިން ރޫމްގައެވެ. ބީލަން ހުށަހެޅުއްވުމަށް ވަޑައިގަންނަވާ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި އެހެން ފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ. ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ނުކުރައްވާ ފަރާތްތަކާއި ގަޑިޖެހުމަށްފަހު ހުށަހަޅުއްވާ އަންދާސީހިސާބުތަކާއި، އީމެއިލާއި ފެކްސްގެ ޒަރީޢާއިން ފޮނުއްވާ އަންދާސީހިސާބުތައް ބަލައިނުގަންނާނެކަމާއި، އަދި މަޢުލޫމާތު ފުރިހަމަނުވާ އަންދާސީހިސާބުތައް ބާޠިލުވާނެވާހަކަވެސް މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

މިބީލަމުގައި ބައިވެރިވެވަޑައިގެންނެވޭނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުގައި ޤާނޫނު ނަންބަރު 18/2014 (ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރީމެވެ.

25 ސެޕްޓެންބަރު 2022