ތަމްރީނު
ނަންބަރު: IUL)179-2/1/2022/36
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 09:34
ސުންގަޑި: 03 އޮކްޓޫބަރު 2022 23:59
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
"ވޯލްޑް އިންވެސްޓަރ ވީކް 2022" ގެ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު

ވާރލްޑް އިންވެސްޓަރ ވީކް އަކީ ކޮންމެ އަހަރެއްގެ އޮކްޓޫބަރު މަހުގެ ފުރަތަމަ ހަފުތާގައި، އިންވެސްޓްކުރުމާގުޅޭ ކަންކަމަށް އިންވެސްޓަރުން ހޭލުންތެރިކޮށް އަހުލުވެރިކުމުގެ މަޤްޞަދުގައި އިންޓަރނޭޝަނަލް އޯގަނައިޒޭޝަން އޮފް ސެކިއުރިޓީޒް ކޮމިޝަންސް (IOSCO) އިން އިންތިޒާމްކޮށްގެން ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ ހަފުތާއެކެވެ. މި ހަފުތާގައި IOSCOގެ މެންބަރު ޤައުމުތަކުގައި ތަފާތު ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައިވެއެވެ. މިގޮތުން، މިއަހަރު ވޯލްޑް އިންވެސްޓަރ ވީކް 2220' ގައި މިއޮތޯރިޓީން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

ތާރީޚާއި ވަގުތު

ޕްރޮގްރާމްގެ ނަން

އަމާޒުކުރެވޭ ފަރާތް

ރެޖިސްޓްރޭޝަން ފޯރމް ލިންކް

ފީ

ސުންގަޑި

04 އޮކްޓޫބަރު 2022
ހެނދުނު 09:00 – 12:00

ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް – 'ފޯސްޓަރިންގ ފައިނޭންޝަލް ލިޓްރަސީ ފޯ ޔޫތް'

ކޮލެޖް އަދި ޔުނިވަރސިޓީގެ ދަރިވަރުން

 

https://docs.google.com/forms/d/1qIyg

 

ހިލޭ

29 ސެޕްޓެންބަރު 2022
ގަޑި: 23:59

05 އޮކްޓޫބަރު 2022
ހެނދުނު 09:00 އިން  15:00

'ފައިނޭންޝަލް ޖަރނަލިޒަމް'

ޖަރނަލިސްޓުން

https://docs.google.com/forms/d/1icvT

ހިލޭ

29 ސެޕްޓެންބަރު 2022
ގަޑި: 23:59

06 އޮކްޓޫބަރު 2022
ހެނދުނު 09:00 އިން  12:00 އާ ދެމެދު

'ފައިނޭންޝަލް ލިޓްރަސީ ޕްރޮގްރާމް ވެބިނަރ އޮން ސަސްޓެއިނަބަލް ފައިނޭންސް'

އާއްމުން

https://docs.google.com/forms/d/1qZiQ

ހިލޭ

2 އޮކްޓޫބަރު 2022
ގަޑި: 23:59

09 އޮކްޓޫބަރު 2022
ހެނދުނު 09:00 އިން  12:00 އާ ދެމެދު

'އިމްޕޯރޓަންސް އޮފް ފައިނޭންޝަލް ލިޓްރަސީ' - އޮންލައިން

އާއްމުން

https://docs.google.com/forms/d/1VOuO

ހިލޭ

3 އޮކްޓޫބަރު 2022
ގަޑި: 23:59

 

 

ވީމާ، މި ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގަންނަވަން އެދިވަޑައިގަންނަވާ ފަރާތްތަކުން، ސުންގަޑި ހަމަވުމުގެ ކުރިން ރަޖިސްޓްރޭޝަން ލިންކް އިން ރަޖިސްޓަރ ކުރެއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް[email protected]  އަށް މެއިލްކުރެއްވުން އެދެމެވެ. ނުވަތަ މި އޮތޯރިޓީގެ ނަންބަރު 3014140 ނުވަތަ 3014110 ފޯނަށް ގުޅުއްވުން އެދެމެވެ.  

 

ނޯޓު: ކޮންމެ ޕްރޮގްރާމެއްގެ ސުންގަޑި ކަނޑައެޅިފައިވަނީ ވަކި ވަކިންނެވެ.

 

26 ޞަފަރު 1444

22 ސެޕްޓެމްބަރު 2022

 

 

22 ސެޕްޓެންބަރު 2022