ބީލަން
ނަންބަރު: (IUL)408-CA/408/2022/45
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 08:12
ސުންގަޑި: 06 އޮކްޓޫބަރު 2022 13:00
ހުވަދުއަތޮޅު އުތުރުބުރީ މާމެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގއ. މާމެންދޫ ފުޓްސަލްދަނޑު މަރާމާތުކުރުމާ ގުޅޭ:

            މިރަށު ފުޓްސަލްދަނޑުގެ ޕިޗާއި، ފެންސް މަރާމާތު ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

            ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 2022 އޮކްޓޯބަރު 06 ވާ ބުރާސްފަތި ދުވަހުގެ 13:00އަށް  މި އިދާރާއަށް ދުރުވެ ބިޑް ހުށައެޅުއްވުން އެދެމެވެ. އަދި ބިޑް ހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިވެވޭނީ، ޤާނޫނު ނަންބަރު:2014/18 (ވިޔަފާރި ރަޖިސްޓްރީކުރުމުގެ ޤާނޫނު) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ކުންފުނިތަކަށާއި، ޤާނޫނު ނަންބަރު:2014/19 (އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީކޮށްފައިވާ ފަރާތްތަކަށެވެ.

            މިކަމަށް އެދި ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ ގއ. މާމެންދޫ ކައުންސިލް އިދާރާގެ ކޮންފަރެންސް ރޫމްގައެވެ. ބިޑް ހުޅުވުން އޮންނާނީ، ބިޑް ހުށަހަޅުއްވާ ފަރާތްތަކުގެ އެއްހާޟިރުގައެވެ. އަދި ބިޑްތައް ހުންނަންވާނީ ބަންދުކޮށްފައިވާ ސިޓީ އުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމުގެ ނަަން އަދި ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި، ވަގުތު، ބީލަން ހުށަހާޅާ ފަރާތުގެ ނަމާއި އެޑްރެސް، ފޯން ނަންބަރު، އީމެއިލް އެޑްރެސް ލިޔެފައި އޮންނަންވާނެއެވެ. ބިޑް ހުށަހެޅުމުގެ ބައްދަލުވުމަށް ބަދަލުގައި އެހެންފަރާތަކުން ވަޑައިގަންނަވާނަމަ، އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅަން ވާނެއެވެ. މިފަދަ ލިޔުމެއްނެތި ހުށަހެޅޭ އަންދާސީ ހިސާބުތައް ބަލައިނުގަނެވޭނެއެވެ.

            ބީލަމާބެހޭ މަޢުލޫމާތު މި އި އިޢުލާނާއެކު ގެޒެޓް ކުރެވިފައި ވާނެއެވެ. އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މި އިދާރާގެ ނަންބަރު 6820007 ނުވަތަ 7262266 ފޯނާ ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

            މިހެންވެ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާންކުރީމެވެ.

 

22 ސެޕްޓެންބަރު 2022