މަސައްކަތް
ނަންބަރު: (IUL)179-4.3/1/2014/64
ޕަބްލިޝްކުރި ތާރީޚް: 28 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:29
ސުންގަޑި: 04 ނޮވެންބަރު 2014 11:00
ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރޭނިންގ ކޯހެއް ބޭއްވުމަށް، ހޯލް އަދި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދިނުން

މިއަަހަރުގެ ނޮވެންބަރު 30 އިން ޑިސެންބަރު 4 އަށް މިއޮތޯރިޓީއާއި އިސްލާމިކް ރީސަރޗް އެންޑް ޓްރޭނިންގ އިންސްޓިޓިއުޓް (IRTI) ގުޅިގެން ބޭއްވުމަށް ހަމަޖައްސާފައިވާ 'ޓްރޭނިންގ ކޯސް އޮން އިސްލާމިކް ކެޕިޓަލް މާކެޓް' އަށް ހޯލް އަދި ކެއުމުގެ އިންތިޒާމު ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިކޯހާގުޅޭ ތަފުސީލުތައް ތިރީގައި ހިމަނާފައިމިވަނީއެވެ.

  • ޓްރޭނިންގ ކޯހުގެ ބައިވެރިންގެ އަދަދު: 45
  • ޓްރޭނިންގ ކޯހުގެ މުއްދަތު: 5 ދުވަސް (ހެނދުނު 8:00 އިން ހަވީރު 5:00 އަށް)

މީގެ އިތުރުން މިޓްރޭނިންގގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެއިން ބޭރުން ވަޑައިގަންނަވާ ފަރާތްތަކުގެ އެކޮމޮޑޭޝަން ރަނގަޅު ރޭޓެއްގައި ހަމަޖައްސައިދޭ ފަރާތްތަކަށް މިފުރުޞަތު ދިނުމުގައި އިސްކަންދެވޭނެއެވެ. މިކަމާގުޅޭ އިތުރު މަޢުލޫމާތު އަދި މިމަސައްކަތަށް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް އޮތޯރިޓީގެ ވެބްސައިޓުގެ http://www.cmda.gov.mv/docs/Information_Sheet_on_TrainingCourse_CapitalMarket2014.pdf މިލިންކުން ލިބެން ހުންނާނެއެވެ.

ވީމާ، މަތީގައިވާ އިންތިޒާމު ހަމަޖައްސަވައިދެއްވުމަށް އެދިލައްވާ ފަރާތްތަކުން، 4 ނޮވެންބަރު 2014 ގެ 11:00 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ތިރީގައިވާ އެޑްރެހަށް ހުށަހެޅުއްވުން އެދެމެވެ.

ކެޕިޓަލް މާރކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ/ އެމް.ޓީ.ސީ.ސީ ޓަވަރ، 4 ވަނަ ފަންގިފިލާ

ބޮޑުތަކުރުފާނު މަގު، މާލެ، ދިވެހިރާއްޖެ

ފޯނު: 3014104 / 3336619 ފެކްސް: 3336624

އީމެއިލް: [email protected]

4 މުޙައްރަމް 1436

28 އޮކްޓޫބަރު 2014