ޢާންމު މަޢުލޫމާތު
ނަންބަރު: (PR)203-ERC/1/2022/11
ޕަބްލިޝްކުރި ތާރީޚް: 23 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:07
ސުންގަޑި: 30 ސެޕްޓެންބަރު 2022 12:00
އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އޭޖެންސީ
ދިވެހިރާއްޖެ
MV CHEN GLORY 9 (IMO No.:9579963) ނަމަކަށް ކިޔާ އުޅަނދު ހުޅުލެ ފަރަށް އެރުމާގުޅިގެން ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކުރެވުނު ޖޫރިމަނާއާގުޅޭ.

ނޫސްބަޔާން

 

MV CHEN GLORY 9 (IMO No.:9579963) ނަމަކަށް ކިޔާ އުޅަނދު ހުޅުލެ ފަރަށް އެރުމާގުޅިގެން ފަރަށް ލިބުނު ގެއްލުންތަކާ ގުޅިގެން ކުރެވުނު ޖޫރިމަނާއާގުޅޭ.

MV CHEN GLORY 9 (IMO No.:9579963) ނަމަކަށް ކިޔާ އުޅަނދު ހުޅުލޭގެ ފަރަށް 02 ސެޕްޓެމްބަރު 2022 ގައި އެރުމާގުޅިގެން ފަރަށް ލިބުނު ގެއްލުންތައް ބެލުމުގެ ގޮތުން އެ އުޅަނދުގެ ވެރިފަރާތުން ޢައްޔަންކުރި ސަރވެޔަރަކާއެކު، 10 ސެޕްޓެމްބަރު 2022 ގައި އެ އުޅަނދު ފަރަށް އެރި ސަރަޙައްދަށް ގޮސް ޖޮއިންޓް ސަރވޭއެއްވަނީ ކުރެވިފައެވެ.

މި އެޖެންސީން ކުރިއަށް ގެންދިޔަ ޖޮއިންޓް ސަރވޭއިން ފަރުގައި އެ އުޅަނދު ޖެހިފައިވާތީވެ، ފަރަށް ކޮންމެވެސް ވަރެއްގެ ގެއްލުންތަކެއް ލިބިފައިވާކަން ވަނީ ފާހަގަކުރެވިފައެވެ. މިގޮތުން، ހުޅުލޭގެ ފަރަށް ލިބިފައިވާ ގެއްލުން ގަވާއިދު ނަންބަރު:2011/R-9 (ތިމާވެއްޓަށް ދޭ ގެއްލުންތަކަށް ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު) ގެ ދަށުން ބެލިބެލުމުން ޖޫރިމަނާއަށް ކަނޑައެޅިފައިވާ ޢަދަދަކީ 365,000.00/- (ތިންލައްކަ ފަސްދޮޅަސް ފަސްހާސް) ރުފިޔާއެވެ.

މި އުޅަނދު ފަރަށް އެރުމުގެ ސަބަބުން ފަރަށް ލިބުނު ގެއްލުންތަކަށް ކަނޑައެޅުނު  365,000.00/- (ތިންލައްކަ ފަސްދޮޅަސް ފަސްހާސް) ރުފިޔާ ޖޫރިމަނާގެ ފައިސާ، މި އެޖެންސީއިން ދަންނަވާފައިވާ ގޮތަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލްއޭވިއޭޝަނަށް 13 ސެޕްޓެމްބަރު 2022 ގައި އެ އުޅަނދުގެ ލޯކަލް އެޖެންޓް (ގްރޭސް އެޓޯލް ޕްރައިވެޓް ލިމިޓެޑް) ގެ ފަރާތުން ވަނީ ދައްކާފައެވެ.

27 ޞަފަރު 1444      

23 ސެޕްޓެންބަރު 2022