ދިވެހިރާއްޖެ
ނަންބަރު: 485/1/2022/72(IUL) ތާރީޚް: 22 ސެޕްޓެމްބަރ 2022
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އައު ޢިމާރާތުގެ އިންޓީރިއާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ: ޓައިލްސް ޖެހުން، ކާޕެޓް އެޅުން އަދި ޕާކޭ ޖެހުމުގެ މަސައްކަތް
ތަޢާރަފް
ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަކީ ދިވެހިރާއްޖޭގެ އާންމު ޚިދުމަތްތަކުގެ ތެރެއިން ކަރަންޓު، ފެން، ނަރުދަމާ އަދި ކުނީގެ ކަންތައްތައް ރެގިއުލޭޓު ކުރުމަށް މަތިކުރެވިފައިވާ އިދާރާއެވެ. މި އިދާރާގެ ހިންގުން ހަރުދަނާ ކުރުމަށްޓަކައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ އައު ޢިމާރާތުގެ އިންޓީރިއާ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް މިއޮތޯރިޓިއަށް ބޭނުންވެއެވެ.
ވީމާ، މި މަސައްކަތަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ.
މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކުރުން:
މި މަސައްކަތުގެ ސްކޯޕް އޮފް ވޯރކްސް އާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 02 އޮކްޓޯބަރ 2022 ވާ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން މިއޮތޯރިޓީގެ އީމެއިލް އެޑްރެސް [email protected] އަށް އީމެއިލް ކުރެއްވުން އެދެވެ.
މިސުވާލުތަކަށް 02 އޮކްޓޯބަރ 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން ޖަވާބު އެރުވޭނެއެވެ. އީމެއިލްގެ ޒަރީއާއިން ނޫން އެހެން އެއްވެސް ގޮތަކަށް މި މަސައްކަތާއި ބެހޭގޮތުން މަޢުލޫމާތު ސާފުކޮށްނުދެވޭނެވާހަކަ ދަންނަވަމެވެ.
ބިޑް ސެކިއުރިޓީ
މި މަސައްކަތަށް ބިޑް ސެކިއުރިޓީގެ ގޮތުގައި 5,358.82 ރ (ފަސްހާސް ތިންސަތޭކަ ފަންސާސް އަށްރުފިޔާ އަށްޑިހަ ދެލާރި) ގެ ބިޑް ސެކިއުރިޓީއެއް ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑު ހުޅުވާ ތާރީޚުން ފެށިގެން (90) ދުވަހެވެ.
ބީލަން ހުށަހެޅުން އަދި ބީލަމުގެ ވެލިޑިޓީ:
މި މަސައްކަތަށް ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 04 އޮކްޓޯބަރ 2022 ވާ އަންގާރަ ދުވަހުގެ 11:00 ގައި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގައި އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ.
އަދި ބީލަމުގެ މުއްދަތުގެ ގޮތުގައި ބިޑް ހުށަހަޅާ ތާރީޚުން ފެށިގެން 90 (ނުވަދިހަ) ދުވަސް އޮންނަންވާނެއެވެ.