ޢާންމު މަޢުލޫމާތު
ނަންބަރު: (IUL)420-AS/420/2022/50
ޕަބްލިޝްކުރި ތާރީޚް: 22 ސެޕްޓެންބަރު 2022
ޕަބްލިޝްކުރި ގަޑި: 14:43
ސުންގަޑި: 26 ނޮވެންބަރު 2022 13:00
ހުވަދުއަތޮޅު ދެކުނުބުރީ ރަތަފަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ގދ.ރަތަފަންދޫގައި ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ހައުސް ކަނެކްޝަން (ގޭގެއަށް ފެނާއި ނަރުދަމާގެ ކޮޅު ވެއްދުން) އާއި ގުޅޭ

އިޢުލާން

 ގދ. ރަތަފަންދޫގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމް ކުރުމުގެ މަޝްރޫޢުގެ ދަށުން ފެނާއި ނަރުދަމާގެ ކަނެކްޝަން ގޭގެއަށް ގުޅައިދިނުމަށް އެދި ގޭގޭގެ ވެރިފަރާތުން އެޕްލިކޭޝަން ފޯމް ހުށަހަޅަން ޖެހެއެވެ.

އެގޮތުން ފޯމް ހުށައަޅާ ފަރާތްތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމް ގުޅައިދިނުމަށް ހަމަޖެހިފައިވަނީ ގަވާޢިދު ނަމްބަރު 2022/R-90 "މީހުން ދިރިއުޅޭ ރައްރަށުގައި ހިންގާ ފެނާއި ނަރުދަމާގެ މަޝްރޫއު ތަކުގެ ދަށުން، ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައިދިނުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިދު"  އާއި އެއްގޮތަށެވެ. މި އިޢުލާން އާއި އެކު  މަތީގައި ބަޔާންކުރެވިފައިވާ ޤަވައިދު އެއް ހީރަސް ކުރެވިފައި ވާނެއެވެ. ފޯމް ހުށައަޅާ ފަރާތްތަކުން ޤަވާއިދު ރަގަޅަށް ކިޔުމަށްފަހު ފޯމް ހުށައެޅުމަށް ދަންނަވަމެވެ.

މި ޤަވާއިދާ އެއްގޮތަށް އެޕްލިކޭޝަން ފޯމް ހުށައެޅުމުގެ ފުރުޞަތު ހުޅުވާލެވިފައިވަނީ 26 ސެޕްޓެމްބަރު 2022 ވަނަ ދުވަހުން ފެށިގެން 60 ދުވަހުގެ މުއްދަތަށެވެ. އެހެންކަމުން 26 ނޮވެމްބަރ 2022 ވަނަ ވަނަ ދުވަހުގެ ނިޔަލަށް ފޯމް ހުށައެޅުމުގެ ފުރުސަތު އޮތްކަމުގައި ދަންނަވަމެވެ. މި ފޯމް ސެޕްޓެމްބަރ 26ވަނަ ދުވަހުން ފެށިގެން ކައުންސިލް އިދާރާއިންނާއި ކައުންސިލްގެ ސޯޝަލް މީޑިޔާ ޕްލެޓްފޯމްތަކުން ލިބެން ހުންނާނެވާހަކަ އާންމުކޮށް އަންގާ އިޢުލާންކުރީމެވެ.  

 

22 ސެޕްޓެންބަރު 2022