ދިވެހިރާއްޖެ
އިޢުލާން
މަސްޖިދުއް ނަހުޟާ ބައެއް މަސައްކަތްތައް ކުރުމާއި ގުޅޭ ( ދެވަނަ އިޢުލާން)
ލ. ކުނަހަންދޫ މަސްޖިދުއް ނަހުޟާ ( ކުޑަމިސްކިތް)ގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދަންބޭނުންވެގެން ކުރެވުނު މިއިދާރާގެ ނަންބަރ (IUL)405-A/2022/50 ( 19ސެޕްޓެމްބަރ 2022) ގެ އިޢުލާނާއި ގުޅިގެން، އެބީލަމުގައި ރަޖިސްޓްރީވުމަށް ހުޅުވާލި ފުރުޞަތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތައް މަދުކަމަށް ފެންނާތީ، އެޢިއުލާން ބާޠިލްކޮށް އަލުން ބީލަމަށް ހުޅުވާލަމެވެ. ވީމާ، މިކަމަށް ޝައުޤްވެރިވެ ލައްވާ، ދިވެހިރާއްޖޭގެ ވިޔަފާރި ރަޖިސްޓްރީކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ 18/2014) ގެ ދަށުން ރަޖިސްޓްރީކުރެވިފައިވާ ވިޔަފާރިތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނު (ގާނޫނު ނަންބަރ: 19/2014) ގެ ދަށުން ރަޖިސްޓްރީވެފައިވާ ވިޔަފާރިތަކަށް މިފުރުޞަތު ހުޅުވާލަމެވެ.
ބީލަމުގައި ބައިވެރިވެލައްވާން އެދޭ ފަރާތްތަކުން، 2022 އޮކްޓޯބަރ 03 ވަނަ ދުވަހުގެ 14:00ގެ ކުރިން ބިޑް "ރަޖިސްޓްރޭޝަންފޯމް" ފުރިހަމަކުރައްވާ މިކައުންސިލްގެ އީމެއިލް [email protected] އަށް މެއިލްކުރެއްވުމަށް ދަންނަވަމެވެ. ނުވަތަ މިކައުންސިލަށް ވަޑައިގެން ބިޑްގައި ރަޖިސްޓްރީވުމަށް އެދޭފޯމް ހުށަހެޅުމަށް ދަންނަވަމެވެ. މިބީލަމުގައި ބައިވެރިވެވޭނީ މިމުއްދަތުގައި ރަޖިސްޓްރީވާ ފަރާތްތަކަށެވެ.
މިމަސައްކަތާއިގުޅޭ މަޢުލޫމާތު ކަރުދާސް މިއިޢުލާނާއެކު ޝާއިޢުކުރެވިފައި އެވަނީއެވެ. މިމަސައްކަތާއި ގުޅޭގޮތުން އިތުރަށް މައުލޫމާތު ސާފުކުރައްވަން ބޭނުންނަމަ، 2022އޮކްޓޯބަރ 04 ވަނަ ދުވަހުގެ 12:00ގެ ކުރިން [email protected] އަށް މެއިލް ކުރެއްވުމުން އެކަމުގެ މާއުލޫމާތު ބީލަމުގައި ރަޖިސްޓްރީވެފައިވާ ބީލަންވެރިންނަށް އީމެއިލް މެދުވެރިކޮށް ފޮނުވޭނެއެވެ.
ބިޑް ހުށަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2022 އޮކްޓޯބަރ 05 ވާ ބުދަ ދުވަހުގެ 13:00 ގައި މިކައުންސިލްގެ އިދާރާގައެވެ. މިބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީނުވާ ފަރާތްތަކަށް ބިޑުހުށަހެޅުމުގެ ބައްދަލުވުމުގައި ބައިވެރިއެއް ނުވެވޭނެއެވެ.
26 ޞަފަރު 1444
22 ސެޕްޓެމްބަރ 2022