މަސައްކަތް
ނަންބަރު: H-2014/215
ޕަބްލިޝްކުރި ތާރީޚް: 30 އޮކްޓޫބަރު 2014
ޕަބްލިޝްކުރި ގަޑި: 08:25
ސުންގަޑި: 19 ނޮވެންބަރު 2014 15:00
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
ކ.ވިލިނގިލި އިންޖީނުގެ ދެބުރިއަށް ޢިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް

ބީލަން ހުށަހެޅުއްވުމުގެ ދަޢުވަތު

މިކުންފުނީގެ ކ.ވިލިނގިލި އިންޖީނުގެ ދެބުރިއަށް ޢިމާރާތް ކޮށްދެއްވާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ. މިމަސައްކަތަށް ބީލަން ހުށަހެޅޭނީ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުގެ " ނެޝަނަލް ކޮންޓްރެކްޓަރ ރަޖިސްޓަރީ" ގައި ރަޖިސްޓަރީވެފައިވާ ފަރާތްތަކުގެ ތެރެއިން، މިމަސައްކަތުގެ ބީލަން ޑޮކިއުމެންޓް ބައްލަވައިގަންނަ ފަރާތްތަކަށް އެކަނި ކަމުގައި ދަންނަވަމެވެ.      

މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 02 އިން 2014 ނޮވެންބަރު 19 ގެ ނިޔަލަށް ބަންދުނޫން ކޮންމެދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހުގެ 15:00 އާދެމެދު -/500 ރުފިޔާއަށް ޑޮކިއުމަންޓް ބައްލަވައިގަތުމަށްފަހު، 2014 ނޮވެންބަރު 20 ވާ (ބުރާސްފަތި) ދުވަހުގެ 11:00 އަށް މިކުންފުންޏަށް ވަޑައިގެން މަޢުލޫމާތު އޮޅުންފިލުވުން އެދެމެވެ. އަދި 2014 ނޮވެންބަރު 30 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. ބިޑް ޑޮކިއުމަންޓް ދޫކުރެވެނީ 2014 އނޮވެންބަރު 06 އިން 2014 ނޮވެންބަރު 19 ގެ ނިޔަލަށް ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން 15:00 އާ ދެމެދުގައެވެ.

މިމަސައްކަތުގެ ބިޑް ސެކިއުރިޓީގެ ގޮތުގައި 20,000.00 (ވިހިހާސް ރުފިޔާ) ނުވަތަ އެއަގަށްވާ ޔޫ.އެސް ޑޮލަރު ހުށަހަޅަންވާނެއެވެ. އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި، ހުށަހަޅާ އަގުގެ % 15 ބިޑް ކާމިޔާބު ކުރައްވާ ފަރާތުން އަދާކުރަންޖެހޭނެއެވެ. ބިޑް ސެކިއުރިޓީ އަދި ޕާރފޯމަންސް ސެކިއުރިޓީގެ ގޮތުގައި ހުށަހަޅަންވާނީ ބޭންކް ގެރެންޓީ ލެޓަރ (ބިޑް ޑޮކިއުމަންޓުގައިވާ ފޯމެޓާ އެއްގޮތަށް)، ބޭންކް ޑްރާފްޓް ނުވަތަ ބޭންކް ގެރެންޓީ ދީފައިވާ ޗެކެކެވެ. މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތުގެގޮތުގައި މަދުވެގެން 50 (ފަންސާސް) ދުވަސް ދެވެންވާނެއެވެ. އަދި ބިޑް ސެކިއުރިޓީ ބާޠިލުވާ މުއްދަތު މިމަސައްކަތަށް ހުށަހަޅާ އަންދާސީހިސާބު ބާޠިލުވާ މުއްދަތަށްވުރެ 20 ދުވަސް އިތުރުވާންވާނެއެވެ.

ވީމާ، މިމަސައްކަތް ކޮށްދެއްވަން އެދިވަޑައިގަންނަވާ ފަރާތްތަކުން 2014 ނޮވެންބަރު 30 ވާ (އާދީއްތަ) ދުވަހުގެ 11:00 އަށް ބީލަން ހުށަހެޅުއްވުން އެދެމެވެ.

 

ދުވަސް

ވަގުތު

ފައިސާ ބަލައިގަތުމަށް

2014 ނޮވެންބަރު 02 އިން 2014 ނޮވެންބަރު 19 އަށް

9:00 އިން 15:00 އަށް

ޑޮކިޔުމަންޓް ދޫކުރުމަށް

2014 ނޮވެންބަރު 06 އިން 2014 ނޮވެންބަރު 19 އަށް

9:00 އިން 15:00 އަށް

މަޢުލޫމާތު ދިނުން

2014 ނޮވެންބަރު 20 ގައި

11:00 ގައި

އަގު ހުށަހެޅުން

2014 ނޮވެންބަރު 30 ގައި

11:00 ގައި

06 މުޙައްރަމް 1435    

ނޯޓް:

  • ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 8.01 ގެ (ކ) ގައި ބަޔާންކޮށްފައިވާ ޙާލަތެއް ދިމާވާނަމަ، އެމާއްދާގައި ބުނާފަދަ ލިޔުމެއް ބީލަމާއެކު ހުށަހަޅުއްވަންވާނެއެވެ.
  • މަޢުލޫމާތު ފުރިހަމަނޫން ބިޑްތައް ބާޠިލުކުރުމުގެ ފުރިހަމަ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ. އަދި ބިޑް ކޮންމެ ވަގުތެއްގައިވެސް ބާޠިލުކުރުމުގެ އިޚުތިޔާރު ސްޓެލްކޯއަށް ލިބިގެންވެއެވެ.
  • މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3338121 / 3338124 / 3338122 ނަންބަރު ފޯނާއެވެ. އަދި އީމެއިލް ކުރައްވާނީ [email protected] މި އެޑްރެހަށެވެ.
30 އޮކްޓޫބަރު 2014