ދިވެހިރާއްޖެ
(IUL)310-MS/310/2022/35 ނަންބަރު:
ރ.މީދޫ ލޭންޔޫސް ޕްލޭން ހެދުމަށް ބީލަން ހުށަހެޅުމުގެ ދައުވަތު
ރ.މީދޫ ގެ ލޭންޑްޔޫސް ޕްލޭން ހަދަން ބޭނުންވެއެވެ. ވީމާ މި މަސައްކަތްކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދައުވަތު ހުޅުވާލަމެވެ.
މި ބީލަމުގައި ރަޖިސްޓްރީވުމަށްޓަކައި 26 ސެޕްޓެމްބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ނަންބަރު 6580020 މި ނަންބަރަށް ގުޅުއްވާ ނުވަތަ [email protected] އަށް މެއިލް ކުރައްވާ ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ބީލަމުގައި ރަޖިސްޓްރީވާ ފަރާތްތަކަށް ބީލަމާއިބެހޭ މަޢުލުމާތު ޝިޓެއް މެއިލް ކުރެވޭނެއެވެ. ބިލަމާއި ގުޅިގެން އިތުރު މަޢުލޫމާތެއް ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ 03 އޮކްޓޯބަރު 2022 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން މި އިދާރާގެ ނަންބަރަށް ގުޅުއްވާ ނުވަތަ މެއިލް ކުރައްވާ، މަޢުލޫމާތު ސާކުރެއްވުމުގެ ފުރުޞަތުއޮތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.
ބިޑް ހުޅުވުން އޮންނާނީ 10 އޮކްޓޯބަރު 2022 ވާ ހޯމަ ދުވަހު 11.00 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ބީލަންތައް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. ސިޓީ އުރައިގެ ބޭރުގައި ތިރީގައިވާ މައުލޫމާތު ލިޔެފައި ހުންނަން ވާނެއެވެ. އަންދާސީ ހިސާބު ހުށައެޅުއްވުމަށް ބަދަލުގައި ބޭފުޅަކު ފޮނުއްވާނަމަ އެކަން ބަޔާންކޮށް ސިޓީއެއް ހުށަހަޅުއްވަންވާނެއެވެ.
ހ. މާޅޮސްމަޑުލު އުތުރުބުރީ މީދޫގެ "ލޭންޔޫސްޕްލޭން ހެދުން"
ށ. ބީލަން ހުށަހަޅާ ފަރާތުގެ ނަމާއި އެޑްރެސް އަދި ގުޅޭނެ ނަންބަރު
ނ. ބީލަން ހުށަހަޅާ ތާރީޚާއި ވަގުތު
ހުށަހަޅުއްވާ ޕްރޮޕޯސަލްތަކަށް މާކްސް ދިނުމުގައި ބެލުމަށް ހަމަޖެހިފައިވަނީ:
- · އަގު %60 ( ފަސްދޮޅަސް ޕަސެންޓް )
- · މަސައްކަތުގެ މުއްދަތަށް %20 ( ވިހި ޕަސެންޓް) ،
- · މަސައްކަތުގެ ތަޖްރިބާ އަދި ފަންނީ ޤާބިލްކަމަށް %20 (ވިހި ޕަސެންޓް)
އެކަށީގެންވާ ޕްރޮޕޯސަލެއް ލިބިފައި ނުވާނަމަ ހުށަހަޅާފައިވާ ޕުރޮޕޯސަލްތައް ބާތިލްކުރުމުގެ އިޚްތިޔާރު ރ. މީދޫ ކައުންސިލަށް ލިބިގެން ވެއެވެ.
މި މަސައްކަތް ކުރުމަށް ޤާނުނުގެ ދަށުން ވިޔަފާރި ރަޖިސްޓްރި ކުރައްވާފައި ނުވާފަރާތްތަކަށާއި މި ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަނޭޅުއްވޭނެވާހަކަ މަޢުލޫމާތަށްތަކައި ދެންނެވީމެވެ.
ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.
25 ޞަފަރު 1444
21 ސެޕްޓެމްބަރު 2022